އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިމިގްރޭޝަންގެ އޮފީހެެއް ދިއްދޫގައި ހުޅުވައިފި

އިމިގްރޭޝަންގެ އޮފީހެެއް ދިއްދޫގައި ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

އިމިގްރޭޝަންގެ އޮފީހެއް އެ އަތޮޅު ދިއްދޫގައި މިއަދު ހުޅުވައިފިއެވެ.

މިއޮފީސް ހުޅުވައިދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދް ހުސައިން (ހަަނަފީ) އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި އެ އޮފީހުގެ އޮފީސްތައް ހުޅުވަނީ އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

މިއޮފީސް މެދިވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ޕާސްޕޯޓު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.  

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު