އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އަދީބަށް ދީފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް!

ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އަދީބަށް ދީފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ހުއްދަ ދީފައިވާތީ އެކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް  ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ކޮންމެވެސް ޒަމާނަކުން ހޯދިދާނެކަމަށާއި އެކަމަކު އަދީބު ފިލައިފި ނަމަ، ގޮތް ނޭނގޭ މަރުތަކާ ގުޅޭ ހަގީގަތް ނުހޯދޭނެ ކަމަށެވެ. އަދި އަދީބު ރާއްޖެއިން ބޭރަށް ގޮސްފި ކަމަށްވާނަމަ އޭނާ އަނބުރާ ރާއްޖެއަށް ނުގެނެވޭނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ސީދާ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ދުވަހަކު އަޅުގަނޑުމެން އިންތިޒާރު ކުރަމުންދިޔަ މަރާލާފައިވާ އެތައް ބައެއްގެ ތަހުގީގުތައް ކުރުމާއި މިފަދަ އެތައް ކަމަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް ފެންނާތީ މި މައްސަލާގައި މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށް ވުރެވެސް މުހިއްމު ކަމަކަށްވާނީ މިކަމާއި ގުޅޭ ކޮމެޓީން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބައްލަވާ ފިޔަވަޅު އެޅުން ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ މި ރާއްޖޭގެ ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށާއި ރާއްޖޭގެ ވަރަށް ގިނަ ގައިދީން ބޭރަށް ގޮސް އަނބުރާ ނާންނާނެ ކަމުގެ ވިސްނުން އޮތީ ކަމަށް ވަންޏާ އެފަދަ ކަމެއް ކޮށްގެނެއް ނުވާނެ ކަމަށެވެ. މި މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވެން ޖެހޭނެކަމަށާއި މީހަކަށް ޝަރުއީ ކޯޓަކުން އެއީ ކުއްވެރިއެއް ކަމަށް ކަނޑަނާޅާ ހިނދެއްގައިވެސް ބައިވަރު ކުއްތައް ހުއްޓާ އެކަން އެގޮތަށް ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ. މި ކޮމެޓީން މިގޮތަށް ނިންމީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު ހަވީރު ބާއްވާ މި ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމާފައިވާ އިދާރާތަކުގެ ވެރިންނަކީ ކަމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް،  ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދް އަދި އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ (ހަނަފީ) އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު