އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގަ މުދާ ހިފައިގެން ރޭލެއް ދަތުރުފަށާތަން މޫވީކުރަން އުޅުނު ނޫސްވެރިއަކު ހައްޔަރުކޮށް އަނގައަށް ކުޑަކަމު ގޮއްސި!

އިންޑިއާގަ މުދާ ހިފައިގެން ރޭލެއް ދަތުރުފަށާތަން މޫވީކުރަން އުޅުނު ނޫސްވެރިއަކު ހައްޔަރުކޮށް އަނގައަށް ކުޑަކަމު ގޮއްސި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އިންޑިއާގެ ޝަމްލީ ޑިސްޓަރިކްޓް ގައި މުދާ ހިފައިގެން ރޭލެއް ދަތުރުފަށާތަން މޫވީކުރަން އުޅުނު ޗެނެލެލް 24 ނޫސްވެރިއަކު ފުލުހުންގެ ގްރޫޕަކުން ހައްޔަރުކޮށް އޭނާގެ އަނގައަށް ކުޑަކަމު ދިއަ މައްސަލައެއް ފެންމަތިވެއްޖެއެވެ. 

އޭނާ ބުނީ އެކަން ކުރީ ރޭލްވޭ ބަލަހައްޓާ ފުލުހުން ކަމަށެވެ. "އެމީހުން ތިބީވެސް ކުލަ ހެދުމުގަ. ފުރަތަމަ އައިސް ކެމެރާ ވައްޓައިލީ. ކެމެރާ ނެގީމާ އައިސް ހައްޔަރުކޮށް ގޮޅިއެއްގައި ބަންދުކުރުމަށްފަހު ބަރަހަނާވެސް ކުރި. އަނިޔާ ވެސްކުރި. އަނގައަށް ކުޑަކަމުވެސް ދިއަ!" 

ރިޕޯޓްތައް ބުނާ ގޮތުން ނޫސްވެރިޔާ މިނިވަންކުރި ރެއިން ފެށިގެން ނޫސްވެރިން ދަނީ މުޒާހަރާކުރުމުންނެވެ. އިތުރު ޕޮލިސް ސްޓޭޝަންތައް ކުރިމަތީގައި ވެސް މުޒާހަރާ ކުރުމުންނެވެ. ހިތްވަރުގަދަ ނޫސްވެރިން ވަނީ ނޫސްވެރިޔާ ބަންދުކޮށް އަނިޔާކުރަމުން ގެންދިއަ މަންޒަރުވެސް ވީޑިއޯ ކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް