އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުވަތު ގެ ޕްރިމިއާ: ފިލްމުތަކަކީ ވާހަކަ ލިޔާ މީހުން ދޭ މެސެޖު ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭ އެންމެ މުހިންމު "މީޑިއަމް"- ރައީސް ނަޝީދު

ދައުވަތު ގެ ޕްރިމިއާ: ފިލްމުތަކަކީ ވާހަކަ ލިޔާ މީހުން ދޭ މެސެޖު ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭ އެންމެ މުހިންމު "މީޑިއަމް"- ރައީސް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ވީމީޑިއާގެ ފުރަތަމަ ފީޗަރ ފިލްމު "ދައުވަތު" މިރޭ އޮލިމްޕަަސް ސްކްރީނުގައި ޕްރިމިއަރ ކޮށްފިއެވެ. 

"ދައުވަތު" ޕްރިމިއާރ ކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. އެރަސްމިއްޔާތުގައި އެމަނިކުފާނާއެކު ވީމީޑިއާގެ ބާނީ އަދި މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އާއި ވީމީޑިއާގެ އެމްޑީ އިބްރާހިމް ސިޔާދު ޤާސިމް އެވެ. 

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މިފިލަމު ޕްރިމިއާރ ކޮށްދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ފިލްމުތަކަކީ ވާހަކަ ލިޔާ މީހުން ދޭ މެސެޖު ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭ އެންމެ މުހިންމު "މީޑިއަމް" ކަމަށެވެ. 

ދެކުނުގެ ރަށެއްގައި ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް އުފެއްދި "ދައުވަތު" މިފިލްމުގައި ހަރަކާތްތެރިވެފައިވަނީ މިހާރު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ބަޠަލާ ކަމުގައިވާ މަރިޔަމް އައްޒަ އެވެ. މިފިލްމުން ދެން ފެނިގެން ދަނީ އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން އަހުމަދު އީސަ (އާނަންދު) އަދި މުޙައްމަދު ފައިސަލް އާއި ފޯޓީ ޕްލަސް އިން ފިލްމީދާއިރާއަށް ތައާރަފްވި ޒިޔާދާ ވެސް ހިމެނެއެވެ. 

އޮލިމްޕަހުގައި "ދައުވަތު" މިފިލްމުގެ 15 ޝޯވ ދެއްކުމަށް ހަމަޖެހިފައިވާއިރު އަތޮޅުތެރޭގައި ވެސް މިފިލްމު ދެއްކުމަށް ހަމަޖެހިފައިވެއެވެ. 

ސިހުރުގެ ސަބަބުން ދިމާވާ ކަންތައްގަނޑެއްގެ މައްޗަށް ބިނާ ކޮށްފައިވާ މިފިލްމުން ދައްކުވައިދެނީ އަލަތު ކައިވެނި ކޮށްގެން "ހަނީމޫން" އަށް ރަށަކަށް ދަތުރުކުރި ދެމަފިރިއަކަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ