އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ވަރިކުރި ނަމަވެސް އޯގާތެރިކަން އިސްކުރޭ! - ޙަޔާތުގެ ދެން އޮތްބައިވެސް ކާމިޔާބު ކުރެވޭނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގެން!: މުފްތީ މެންކް

ވަރިކުރި ނަމަވެސް އޯގާތެރިކަން އިސްކުރޭ! - ޙަޔާތުގެ ދެން އޮތްބައިވެސް ކާމިޔާބު ކުރެވޭނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގެން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ދެން އެހެން ގޮތެއް ނެތިގެން ވަރިކުރި ނަމަވެސް އޯގާތެރިކަން އިސްކުރާށެވެ! އެކަކު އަނެކަކަށް ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވާށެވެ! ވަރިކުރުމަށްފަހު ޙަޔާތުގެ ދެން އޮތްބައިވެސް ކާމިޔާބު ކުރެވޭނީ ﷲ ތައާލާ ރުހިވޮޑިގަންނަވާ ގޮތުގައި އަމަލުކުރުމުންނެވެ. 

ދެމީހެއްގެ ގުޅުން ދުރުކުރަން އިސްލާމް ދީނުގައި ހުއްދަ މިންވަރަށް ދުރުކުރުމަކީ ހުއަްދަ ކަމެކެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭނީ ދެން އެހެން ގޮތެއް ނެތިއްޖެ ނަމައެވެ. އިސްލާމް ދީނުގެ ހަމަތަކުގެ މަތީން ވަރިކުރުންވެސް ހުއްދައެވެ. ޚާއްޞަކޮށް ވަރިކުރަން ޖެހޭނީ ވަރި ނުކޮށް މައްސަލަ ހައްލުކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނުފެނިއްޖެ ނަމައެވެ. 

އަބަދުވެސް ބުނާފަދައިން ކޮންމެ ދެމީހެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އަނބިން، ފިރިން، ދަރިން މައިން ބަފައިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އަހަރެމެންނަށް އޮތީ މައްސަލަތައް ޙައްލު ކުރުމެވެ. 

ނިސާ ސޫރަތުގެ 128 ވަނަ ޢާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ޞުލްޙަ ވުން ހެޔޮކަން ބޮޑެވެ." މިފަދައިންނެވެ. މައްސަލަ ޖެހުނީ ދެ މީހެއްގެ މެދުގައި ނަމަވެސް އަދި ދެމަފިރިންގެ މެދުގައި ނަމަވެސް މައްސަލައެއް ޖެހިއްޖެ ނަމަ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވަނީ ދެމީހުން ޞުލްޙަވުމަށެވެ. އަރާރުންވެ ހަމަނުޖެހުން ހިނަގުމަކަށް ނޫނެވެ. ފިތުނަ ފަސާދަ އުފެއްދުމަކަސް ނޫނެވެ. ދެމަފިރިންނަމަ މައްސަލައެއް ކުރިމަތިވާއިރަށް އަވަހަށް ވަރިވުމަކަށްވެސް ނޫނެވެ. މައްސަލަ ޙައްލުކޮށް ގުލުން ބަދަހިކުރުމަށެވެ. 

ޞުލްޙަވުމުގެ މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މިހައި ބޮޑުވެގެން މިދަނީ އެކަމަކީ ދަތި އުނދަގޫކަމަކަށްވާތީއެވެ. ދަތި އުނދަގޫ ކަންކަން ކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އެތައް ގުނައަކަށް އިތުރު ކުރައްވަވައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


41%
ވ.ރަނގަޅު
0%
ރަނގަޅު
25%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް