އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ޝަކުވާ: ޕެންޝަން އެކައުންޓުގަ ފަސްލައްކައަށްވުރެ ގިނަ ރުފިޔާ އެބަހުރި! ޙައްޖަށް ދެވޭކަށް ނެތް!

ރައްޔިތުންގެ ޝަކުވާ: ޕެންޝަން އެކައުންޓުގަ ފަސްލައްކައަށްވުރެ ގިނަ ރުފިޔާ އެބަހުރި! ޙައްޖަށް ދެވޭކަށް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

"އަޅުގަނޑުގެ ޕެންޝަން އެކައުންޓުގައި 540000 އަށްވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ. މިހާރު ހައްޖަށް ގެންދާ ރަސްމީ އަގުން ބަލައިފިނަމަ އަޅުގަނޑު އެކަނި ޙައްޖަށް ދާން ދައްކަން ޖެހޭނީ އެންމެ 70000 ރުފިޔާއެވެ. އަޅުގަނޑު ޙައްޖަށް ދާން ބޭނުންވަނީ އަނބިމީހާ ވެސް ގޮވައިގެންނެވެ. އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރެވުނީ އަނބިމީހާ އަޅުގަނޑު މަސައްކަތު ފޮނުވީތީއެވެ. 

ސިފައިންނާއި ފުލުހުންގެ ޖަލްސާތަކުގައި ދައުލަތުގެ ވެރިން ދައްކަވާ ވާހަކަފުޅުތަކުގައި އެމީހުންނަށް ޤައުމީ ޚިދުމަތުގައި ދެމި ތިބެވެނީ އަނބިންނާއި ޢާއިލާގެ އެހީތޔެެރިކަން ލިބިގެންކަން ފާހަގަކުރައްވައެވެ. ފުލުހުންނާއި ސިފައިން އެފަދައިން ސިވިލް ސަރވަންޓުންނަށްވެސް ޚިދުމަތުގައި ދެމިތިބެވެނީ ވެސް އަނބިންނާއި ޢާއިލާގެ އެހީތެރިކަން ލިބިގެންނެވެ. 

ވީއިރު ދެމަފިރިންގެ މަސައްކަތުން ޖަމާކުރެވިފައި ހުރި ފައިސާއިން އަޅުގަނޑު އެކަނި ޙައްޖުވުމަކީ އިންބާފުވެރި ގޮތެއް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. 

އަޅުގަނޑުގެ މައްސަލައަކީ ޙައްޖަށް ދިއުމަށް ބޭނުންވާވަރަށްވުރެ 4 ގުނަ އިތުރަށް އަޅުގަނޑުގެ ޕެންޝަން އެކައުންޓުގައި ފައިސާހުރިއިރުވެސް އެފައިސާ ބޭނުންކޮށްގެން ޙައްޖަށް ނުދެވުމެވެ. 80 އިންސައްތަ ދިން ނަމަވެސް 20 އިންސައްތަ އަމިއްލައަށް ދެއްކޭނެ ގޮތެއް ނެތުމެވެ. އިތުރަށް ދައްކާނެ އެއްވެސް ފައިސާއެއް އަތުގައި ނެތްކަމެވެ. އަޅުގަނޑު މަސައްކަތްކުރީ ވައްކަން ނުކޮށެވެ. ކޮރަޕްޝަނުން ފައިސާ ނުހޯދައެވެ. ވީމާ ލިބޭ މުސާރައިން ބާކީ ކުރެވިފައެއް ނެތެވެ. އަބަދުވެސް އުޅެން ޖެހެނީ ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެންނެވެ. ވީމާ ޕެންޝަން އެކައުންޓުން ބައެއް ލިބިގެން ޙައްޖަށް ދެވޭކަށް ނެތެވެ. 

އަޅުގަނޑުގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާގެ ދެބައިކުޅަ އެއްބައަކީ އަޅުގަނޑުގެ އަމިއްލަ ފައިސާއެވެ. އަޅުގަނޑުގެ މުސާރައިން އުނިކޮށްފައިވާ އަޅުގަނޑުގެ ޙަލާލު ފައިސާއެވެ. 54000 ރުފިޔާގެ ތެރެއިން އަޅުގަނޑުގެ އަމިއްލަ ފައިސާއިން އެކަނިވެސް ދެމަފިރިންނަށް ޙައްޖުވެވޭނެއެވެ. އަދި ހަމަ އެހައި ފައިސާ ބާކީވެސް ހުންނާނެއެވެ. ދައުލަތުން ޖަމާކުރި ފައިސާ ދައުލަތުން ހިފެހެއްޓި ނަމަވެސް އަޅުގަނޑުގެ މުސާރައިން ޖަމާކޮށްފައިވާ ފައިސާ އަޅުގަނޑަށް ނުދީ، ހައްޖަށް ދިއަ ނުދީ ހިފެހެއްޓުމުގެ އެއްވެސް ޙައްޤެއް ސަރުކާރަށް އޮންނާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. 

ޙައްޖަށް ދާން އަޅުގަނޑު އެދޭ މިންވަރު މާތް ﷲ ދެނެވޮޑިގެންވާނެއެވެ. ޤިޔާމަތް ދުވަހު ގޮތް ނިންމަވާނީ މާތް ﷲ އެވެ." 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ އޭނާގެ ޝުޢޫރުތަކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް