އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލުން ޣާޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް މިއަދުވެސް ދީފި

އިޒްރޭލުން ޣާޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް މިއަދުވެސް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އިޒްރޭލުން ޣާޒާއަށް އަނެއްކާވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. އިޒްރޭލުން ބުނެފައިވަނީ މިއަދު ހަމަލާ ދިނީ ހަމާސްގެ ނޭވީ ބޭސްތަކަށާއި މިލިޓަރީ މަރުކަޒުތަކަށް ކަމަށެވެ. 

މިއަދު ދިން ހަމަލާތަކުގައި އެއްވެސް މީހަކު ޝަހީދުވިކަން އަދި އެނގިފައެއް ނުވެއެވެ. ހަމާސް އިން ބުނީ ދޭ ހަމަލާތަކަށް ރައްދު ދޭނެ ކަމަށެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ހުއްޓައި ނުލާނެ ކަމަށެވެ. 

ހަމާސް އިން ބުނެފައިވަނީ ބުރާސްފަތި ދުވަހު އިޒްރޭލަށް ރޮކެޓް ހަމަލާއެއް ދީފައިވާނެ ކަމަށެވެ. އަދި ހަމަލާ ދިނީ ޣާޒާގެ މަސްވެރިން މަހަށް ނުކުތުމަށް ހުރަސް އެޅުމުގެ އިތުރުން ކޮންމެ ދުވަހަކު ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް ޝަހީދުކުރަމުން ގެންދާތީ ކަމަށެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް