އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުވަތުގެ މައިދާނަށް ނުކުތީ ކުރާ މަލާމާތަށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން!: ޝައިޚް ޢަލީ ޒައިދު، ޑރ. އިޔާޟް

ދައުވަތުގެ މައިދާނަށް ނުކުތީ ކުރާ މަލާމާތަށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން!: ޝައިޚް ޢަލީ ޒައިދު، ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ބައެއް ބޭފުޅުންނަށް ދަންނަވާލަމެވެ! އިސްލާމީ ދައުވަތުގެ މައިދާނަށް އަޅުގަނޑުމެން ނުކުތީ ބައެއް މީހުންގެ ނަފަރަތާއި ރުޅިއާއި ހަސަދައާއި ކުރިމަތިލާން ޖެހޭނެކަން އެނގި ތިބެއެވެ. ވީމާ ފަހަތަށް ޖެހުމެއް ނެތެވެ. ކިތަންމެ އެއްޗެއްސެއް ކީ ނަމަވެސް ޙައްޤު ބަޔާން ކުރުމުގައި އަޅުގަނޑުމެން ސާބިތުވާނަމެވެ! އިން ޝާ ﷲ.

- ޝައިޚް ޢަލީ ޒައިދު

 

މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ﷲ ފޮނުއްވެވި ކޮންމެ ރަސޫލަކަށްވެސް ވަނީ

ދުއްތުރާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ވީމާ އެވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް ވެސް އެކަން ކުރިމަތިވާނެއެވެ. އޮތީ ކެތްތެރިކަމާއި ސާބިތުކަމަށް އެދި ދުޢާ ކުރުމެވެ. އާމީން.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

އާދެ! ދުކްތޫރު ތިއަ ވިދާޅުވީ ހެޔޮކޮށެވެ. ބައެއް މީހުން ހީކުރަނީ އަޅުގަނޑުމެންނަށް މަލާމާތްކޮށް ފުރައްސާރަކޮށް ކެނޑިނޭޅި އެއްޗެތި ކީމާ އަޅުގަނޑުމެން ފަހަތަށް ޖެހެންވީ ކަމަށެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. މާތް ރަސޫލާ (ޞޢވ) އަށް ކުރެވުނު ފުރައްސާރަ އަދި މާބޮޑެވެ. އަޅައިވެސް ނުކިޔޭނެއެވެ.

- ޝައިޚް ޢަލީ ޒައިދު

 

މިއީ ޝައިޚް ޢަލީ ޒައިދު އާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް