އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިމް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އީސިމް، އުރީދޫއިން ރާއްޖެއަށް ތަޢާރަފް ކޮށްފި

ސިމް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އީސިމް، އުރީދޫއިން ރާއްޖެއަށް ތަޢާރަފް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 28 ސިކުންތު

ސިމް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވަ "އީސިމް" ގެ ޚިދުމަތް، އުރީދޫ މޯލްޑިވްސް އިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަޢާރަފް ކޮށްފިއެވެ.

 

އެގޮތުން މިކަމަށްޓަކައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިޚިދުމަތް އިފްތިތާޙް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އެވެ.

 

ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފްކުރި އިލެކްޓްރޯނިކް ސިމް ނުވަތަ އީ-ސިމްގެ ޓެކްނޮލޮޖީއަކީ ސްމާޓްފޯނަށް ޑިޖިޓަލްކޮށް އަޅާލެވޭ ސިމެކެވެ. މި އިލެކްޓްރޯނިކް ސިމް މެދުވެރިކޮށް ކޮންމެ ފޯނެއްގައި ވެސް 9 ނަމްބަރު ބޭނުންކޮށްލެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މިއީ ވިޔަފާރިކުރާ ފަރާތްތަކަށާއި ދަތުރުފަތުރުކޮށް އުޅޭ ފަރާތްތަކަށް ވަރަށް ފަސޭހަ ޚިދުމަތަކަށް ވެގެންދާނެކަމަށެވެ.

 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ދުނިޔެއަށް އަލަށް ތަޢާރަފްވާ އައު އީޖާތުތަކާއި ޓެކްނޮލޮޖީތައް އުރީދޫގެ ކަސްޓަމަރުންނާއި ހަމައަށް ގެނައުމަކީ އުރީދޫގެ އަބަދުވެސް އަމާޒެއްކަމަށެވެ. އެހެންކަމުން، މި ޚިދުމަތާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބި ޑިޖިޓަލް ރާއްޖެއަކަށް މިޤައުމު ހެދުމަށް އުރީދޫއިން ހިފާފައިވާ އަމާޒަށް ވާސިލްވެގެންދާނެކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

 

"ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ޚާއްޞަ އިސްކަމެއްދީ، އުރީދޫ އިން އަބަދުވެސް ވަނީ އިސް ދައުރެއް އަދާކޮށްފައި. މިގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމްގެ ޚިދުމަތް ބޭނުންކުރުމަށް އުރީދޫގެ ކަސްޓަމަރުންނަށް ފުރުސަތުދީ، އެންމެ ފޯނެއްގައި އެތައް ނަންބަރުތަކެއް ބޭނުންކޮށްލުމުގެ ފަސޭހަ ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ނަޖީބް ވިދާޅުވިއެވެ.

 

         

 

މިއަދު ހެނދުނު ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަކީ ތަޢުރީފު ހައްޤު މަސައްކަތްތަކެއްކަމަށެވެ. އަދި އަލަށް ތަޢާރަފްކުރެވުނު އީ-ސިމްއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

 

އުރީދޫއިން އިލެކްޓްރޯނިކް ސިމް ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު މި ޚިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓު ޕްލޭން ޚިޔާރުކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އެހެންނަމަވެސް މި ޚިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައި އެކަނިކަމަށް އުރީދޫއިން ބުނެއެވެ. މީގެތެރޭގައި، އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އަދި ގޫގުލް ޕިކްސެލް 3 ހިމެނެއެވެ.

 

އާދައިގެ ސިމް ކާޑެކޭ އެއް އަގެއްގައި އަދި އެއް ފީޗަރތަކާއެކު އެކުލެވިފައިވާ މި ސިމްގެ ޚިދުމަތް ހޯދުމަށް އުރީދޫގެ ވެބްސައިޓުގައިވާ އީ-ސިމް ޕޭޖަށް ޒިޔާރާތްކޮށް، ރަޖިސްޓްރީކުރުމާއެކު އީ-ސިމް އެކްޓިވޭޓުކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ