އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްހީ މުއައްސަސާތަކުގެ އޮނިގަނޑު ހުރީ ކަރުދާހުގަ, ޒިންމާ އުފުލާނެ ބައަކު ނެތް! ޙައްލުކުރާނަން!: ހެލްތް މިނިސްޓަރ

ޞިއްހީ މުއައްސަސާތަކުގެ އޮނިގަނޑު ހުރީ ކަރުދާހުގަ, ޒިންމާ އުފުލާނެ ބައަކު ނެތް! ޙައްލުކުރާނަން!: ހެލްތް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

ރާއްޖޭގެ ޞިއްހީ ޚިދުމަތްދޭ މުއައްސަސާތަކުގެ އޮނިގަނޑު ހުރީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައި ކަމަށާއި ނަމަވެސް ޒިންމާ އުފުލާނެ ބައަކު އެތަންތަނުގައި ނެތް ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ހުރިހާ މުއައްސަސާތަކަށްވެސް ޒިންމާ އުފުލާނެ ވެރިން ލައްވަވާނެ ކަމަށާއި މައްސަލަތައް ޙައްލުކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ހޮސްޕިޓަލެއްގައިވެސް ޚިދުމަތްދޭ ބައިތަކަށް ޤާބިލު ވެރިން ލައްވަވާނެ ކަމަށާއި އެކަންކަން ފުރިހަމަކުރެވުމުން ފުރިހަމަ ގޮތުގައި ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ.

 

އަމީން ވިދާޅުވީ ހޮސްޕިޓަލުތަކުގައި ވަސީލަތްތައް ހަމަކުރުމަކީ ހަމައެކަނި އިކްއިޕްމަންޓް ހަމަ ކުރުން ނޫން ކަމަށާއި ވަސީލަތް ހަމަކުރުން ފުރިހަމަވާނީ ޚިދުމަތް ދެވޭނެ ފުރިހަމަ އިންތިޒާމެއް ޤާއިމުރެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒިފުންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިގެން ކަމަށެވެ. އެކަން ކުރުމަށްޓަކައި ޤާބިލުވެރިން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ކަމަށެވެ.

 

އެމްބިޔުލާންސްގެ ޚިދުމަތް:

 

އަމީން ވިދާޅުވީ އެމްބިޔުލާންސެއް ނެތް މިހާރު އޮތީ އެންމެ 4 ރަށް ކަމަށެވެ. ނަމަވެސް ތަފާތު މައްސަލަތައް ޖެހި 50 ވަރަކަށް ރަސުގެ އެމްބިޔުލާންސް ނުދުއްވޭ ކަމަށާއި ސަރުކާރުން ބަލަނީ އެ ރަށްތަކަކީވެސް އެމްބިޔުލާންސް ނެތް ރަށްތައް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް