އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހިންގުމަށް ގެނެސްފައިވާ ބަދަލު އިންވެސްޓްމަންޓް ފޯރަމްގެ ބައިވެރިންނަށް ދައްކާނަން: މާލީ ވަޒީރު

ރާއްޖޭގެ ހިންގުމަށް ގެނެސްފައިވާ ބަދަލު އިންވެސްޓްމަންޓް ފޯރަމްގެ ބައިވެރިންނަށް ދައްކާނަން: މާލީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

ރާއްޖޭގެ ހިންގުމަށް މިސަރުކާރުން ގެނެސްފައިވާ ގެނެސްފައިވާ ބަދަލު ލޮލުން ދެކެން އެހީދޭ ފަރާތްތަކުން ބޭނުންވާ ކަމަށާއި އިންވެސްޓްމަންޓް ފޯރަމްގެ ބައިވެރިންނަށް އެ ބަދަލުތައް ދައްކަވާނެ ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

 

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިހާރުވެސް ގެންދަނީ މާލީ ހިސާބުތައް ހާމަކުރަމުން ކަމަށާއި ދެފުށް ފެންނަ ސިޔާސަތަކަށް އަމަލުކުރަމުން ކަމަށެވެ. އެކަންކަމަކީ އެހީދޭ ފަރާތަކުން ދެކެން ބޭނުންވާ ބަދަލުތައް ކަމަށެވެ.

 

އަމީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އެހީހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނީ "ރާއްޖެ ވިޔަފާރިއަށް ހުޅުވާލެވިފައި" ޝިޢާރުގެދަށުން ކަމަށާއި ބޜުގެ އެހީ ބޭނުންވާ މަޝްރޫތަކާއި ތަފްޞީލު މިހާރުވެސް އެކަމަށް ޚާއްޞަ ކުރެވިފައިވާ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

 

"ސަރުކާރުން ބޭނުންވޭ 5 ސަރަހައްދެއް ސިޓީގެ ގޮތުގަ ތަރައްޤީކުރަން. އެސިޓީތަކަށް ޓަރޝަރީ ހޮސްޕިޓަލް ބޭނުންވޭ. ކުރިއަށް އޮތް 3 އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ސާފުބޯފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރަން ބޭނުންވޭ. ވަކިވަކި މަޝްރޫއުތައް ހިނަގައިގެން އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ ބަދަލުގައި ބޮޑު އެއް މަޝްރޫޢެއްގެ ގޮތުގައި ތަރައްޤީ ކުރަން ބޭނުންވޭ. ވަކިވަކި މަޝްރޫޢުތަކަށްބަލާއިރު މާލޭ ޕޯޓް ތިލަފުށްޓަށް ބަދަލުކުރަން ބޭނުންވޭ."

 

އަމީރު ވިދާޅުވީ މި ފޯރަމްގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ގިނަ ދާއިރާތަކަކަށް އެހީ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް