އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންވެސްޓްމަންޓް ފޯރަމް ނިމިގެންދާނީވެސް އެހީގެ ގިނަ އެއްބަސްވުންތަކެއްގަ ސޮއިކުރުމާއެކު: ޚާރިޖީ ވަޒީރު

އިންވެސްޓްމަންޓް ފޯރަމް ނިމިގެންދާނީވެސް އެހީގެ ގިނަ އެއްބަސްވުންތަކެއްގަ ސޮއިކުރުމާއެކު: ޚާރިޖީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

މާދަމާ ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ނިމިގެންދާނީވެސް އެހީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމާއެކުގައި ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެގޮތުން ޖަޕާނުން ދޭ 500 މިލިއަން ޔެންގެ އެހީގެ އެއްބަސްވުމެއްގަ އާއި އެމެރިކާއިން މިހާރުވެސް ކަނޑައަޅާފައިވޢ 3 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުން 11 މިލިއަން ޑޮލަރަށް އިތުރުކުރުމުގެ އެއްބަސވުމުގަ އާއި އީޔޫއިން ދޭ 5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގަ އާއި އޭޑީބީއިން އެކި މަޝްރޫޢުތަކަށް ދޭ 10 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި މާދަމާވެސް ސޮއިކުރެވޭނެ ކަމަށެވެ.

 

ޝާހިދު ވިދާޅުވީ މީގެ ކުރިން ބޭއްވި 3 ފޯރަމަށްވުރެ ގިނައިން މާދަމާގެ ފޯރަމްގައި މަންދޫބުން ބައިވެރިވާނެ ކަމަށާއި އެއީ ވެސް ބައިނަލް އަޤްވާމީ މުޖުތަމައުން ރާއްޖެ ބަލައިގަނެ އެހީތެރިކަން އިތުރުކުރަން ތައްޔާރަށް އޮތް ކަމުގެ ހެއްކެއް ކަމަށެވެ. 

 

މާދަމާގެ ފޯރަމްގައި 35 ޤަުމެއްގެ މަންދޫބުންނާއި 60 އަށްވުރެ ގިނަ އެހީދޭ ޖަމާއަތްތަކާއި އިދާރާތަކުން ބައިވެރިވާއިރު 133 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް މިހާރުވެސް ވަނީ ހަމަޖެހިފައެވެ. ޝާހިދު ވިދާޅުވީ ފޯރަމަކީ ހަމައެކަނި ފެށުމެއް ކަމަށާއި ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމުގެ މަސައްކަތްތައް ފޯރަމް ނިމުނު ނަމަވެސް ދާނީ ކުރިއަށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް