އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނެޝަނަލް ހެލްތު ލެބޯރަޓޮރީއެއް ހަދަނީ

ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނެޝަނަލް ހެލްތު ލެބޯރަޓޮރީއެއް ހަދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ރާއްޖެއަށް އެތެރެކުރާ ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއެކު، ނޭޝަނަލް ހެލްތު ލެބޯރަޓޮރީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. 

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ބޭހާއި ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތިކަމުގައި ޔަޤީންކުރުމަށް ހެލްތް މިނިސްޓްރީއިިންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ބޭސް ރައްކާތެރިކަމާއެކު ބަހައްޓައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭސް ރައްކާ ކޮށްފައި ބަހައްޓަން ސެންޓްރަލް މެޑިކަލް ސްޓޯރެއް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއާއެކު ބޭހުގެ އަގުވެސް ކޮންޓްރޯލް ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މެޑިކަލް ސްޓޯއަކީ، ރައްކާތެރިކަމާއެކު ބޭސް ބެހެއްޓުމާއެކު ރަށްރަށަށް ބޭސް ބޭނުންވާ ވަގުތު އަވަހަށް ބޭސް ފޯރުކޮށްދިނުމުގައި މުހިންމު ހިއްސާއަކަށް ވާނެކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ. 

"ސެންޓްރަލް މެޑިކަލް ސްޓޯރެއް ޤާއިމުކުރުމުގެ ޕްލޭން ހެލްތް މިނިސްޓަރ ވަނީ ހާމަކުރައްވާފައި. މިއީ ރާއްޖެއަށް އެތެރެ ކުރާ ބޭސް ރައްކާތެރިކަމާއެކު ބަހައްޓައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުރާ މަސައްކަތެއް. މި ސްޓޯރަކީ ރައްކާތެރިކަމާއެކު ބޭސް ބެހެއްޓުމާއެކު ރަށްރަށަށް ބޭސް ބޭނުންވާ ވަގުތު އަވަހަށް ބޭސް ފޯރުކޮށްދޭން ޤާއިމުކުރާ ސްޓޯރެއް." ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ