އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްކުށެއް ތަކުރާރުކުރެވިގެން ގިނަގިނައިން ތައުބާވާން ޖެހޭނަމަ ބިރުވެތިވެ އިތުރަށް ވިސްނަން ޖެހޭނެ!: މުފްތީ މެންކް

އެއްކުށެއް ތަކުރާރުކުރެވިގެން ގިނަގިނައިން ތައުބާވާން ޖެހޭނަމަ ބިރުވެތިވެ އިތުރަށް ވިސްނަން ޖެހޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ކުށް ކުރެވުމުން އޮތީ ވީހައި އަވަހަކަސް ތައުބާވުމެވެ. އެހެން ނަމަވެސް އެއްކުށެއް ތަކުރާރުކުރެވިގެން ގިނަގިނައިން ތައުބާވާން ޖެހޭނަމަ ބިރުވެތިވެ އިތުރަށް ވިސްނަން ޖެހޭނެއެވެ. އެހެނީ ތައުބާވުމަށް އެދޭއިރު އެ ކުށް އަލުން ތަކުރާރު ނުކުރަން ޢަޒުމް ކަނޑއަޅަން ޖެހެއެވެ. ވައުދުވެސް ވާން ޖެހެއެވެ. ޢަޒުމް ކަނޑައެޅި ނަމަވެސް ވައުދުވި ނަމަވެސް އަލުން ކުށް ކުރެވެނީ އިންސާނާގެ ބަލިކަށިކަމުންނެވެ. ވީމާ އެ ބަލިކަށިކަމުން އަރައިގަންނަން މަސައްކަތްކުރަން ޖެހޭނެއެވެ. 

މިގޮތަށް ވެސް ވިސްނައިލާށެވެ! މީހަކު ކުށް ކުރުމުން މާފުކުރަނީއެވެ. ނަމަވެސް ތަކުރާރުކޮށް އެއް ކުށަކަށް 3،4 ފަހަރު މާފުކުރަން ޖެހުމުން ކޮންމެ މީހަކުވެސް ވިސްނައިލާނެއެވެ. މިކުރެވޭ މާފަކީ އެމީހާ ކުށް ތަކުރާރު ކުރުމަށް ދެވޭ ހިތްވަރަކަށް ވެދާނެ ކަމަށް ބިރުވެތިވާނެއެވެ. 

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ރަސޫލް (ޞޢވ) ވަނީ މިސްތަކުންނަށް މާފްކުރެއްވެވުމުގައި ނަމޫނާ ދައްކަވައިފައެވެ. އިތުރު އެކަލޭގެފާނަށް މަލާމާތާއި ފުރައްސާރަކުރަމުން ގޮސް ހަށިކޮޅުން ލޭފޮދު އޮހޮރުވި އިރުވެސް ކެތްތެރިވެވަޑައިގެންނެވެއެވެ. ނަމަވެސް ވަކި ހިސާބަކުން މުޝްރިކުންނާއި ހަނގުރާމަ ކުރެއްވެވި ނޫން ހެއްޔެވެ؟ 

ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވައިދެއްވަވާ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޣަފޫރުއްރަޙީމްއެވެ. އެހެންކަމާއިއެކުވެސް އެއް ފާފައެއް ގިނަގިނައިން ކުރެވި ތައުބާވާން ޖެހޭނަމަ އިތުރަށް ވިސްނާލައި ބިރުވެތިވާންޖެހޭނެއެވެ. އެކަން ތަކުރާރު ކުރަން ނުޖެހޭނެ ގޮތެއް ހޯދަން މަސައްކަތްކުރަންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް