އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ އެމް-ފައިސާ ޚިދުމަތަށް މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަން އެވޯރޑު ލިބިއްޖެ

އުރީދޫގެ އެމް-ފައިސާ ޚިދުމަތަށް މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަން އެވޯރޑު ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

ޓެލެކޮމް އޭޝިއާ 2019ގައި އުރީދޫގެ ކުރިއަރަމުންއަންނަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސްގެ އެވޯރޑު ލިބިއްޖެއެވެ. އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ފައިސާ ޖަމާކުރުން، ފައިސާ ނެގުން، އެހެން ބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރުން އަދި ވިޔަފާރިތަކަށް ފައިސާ ދެއްކުންފަދަ ފައިސާގެ މުއާމަލާތްތައް ފަސޭހަ ކަމާއި އެކު ކުރުމަށް ފަހިކޮށްދޭ ޚިދުމަތެކެވެ. ހަމައެހެންމެ، އެއް ޕްލެޓްފޯމެއްގެ ތެރޭގައި، ރާއްޖޭ އެންމެ ގިނަ ޚިދުމަތްތަކަށް ބިލް ދެއްކެވޭނީ، އެމް-ފައިސާ އެޕް މެދުވެރިކޮށެވެ.

ޓެލެކޮމް އޭޝިއާ އެވޯރޑް 2019 ގައި މީގެ އިތުރުންވެސް އުރީދޫ އަށް ވަނީ މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން އޭޝިއާގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އުފެއްދުންތެރިކަމަށް ފާހަގަ ކުރެވޭ ކުންފުނިތަކުގެ އަގު ވަޒަން ކުރާ މި އެވޯރޑުގައި، 3 ކެޓަގަރީ އަކުން އުރީދޫ އިން ވަނީ ފައިނަލިސްޓެއްގެ ގޮތުގައި ޝޯޓްލިސްޓް ވެފައެވެ. މީގެތެރޭގައި ހިމެނެނީ އުރީދޫ މޯލްޑިވްސް، ބެސްޓް އެމާޖިންގ މާކެޓް އޮޕަރޭޓަރ، ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް، އަދި މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް އެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ. 

އުރީދޫ ނެކްސްޓް، މޯސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ އިން އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ މޯލްޑިވްސް އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.

"އުރީދޫ އިން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބަލަނީ، އެކަމެއް އީޖާދުކޮށް، އުފެއްދުންތެރިކަން ގެނައުމަށް. މިގޮތުން، އަޅުގަނޑުމެންގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ބައިނަލްއަޤްވާމީ އެވޯރޑެއް ލިބުމަކީ، އުރީދޫގެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެއް. ޓެލެކޮމް އޭޝިއާގެ މިއަހަރުގެ ޝިޢާރު ކަމަށްވާ، "ޑިޖިޓަލް އިކޮނޮމީގެ ކަނެކްޓިވިޓީ ސްޓޭންޑަޑުތައް އައު އުސްމިންތަކާއި ހަމައަށް ގެންދިއުން" މިއީ އުރީދޫ އިންވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއް. މި ލިބުނު އެވޯރޑުން ހިއްވަރުލިބި، އުރީދޫ އިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ، ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޙަޔާތަށް އިތުރު ފާގަތިކަން ގެނެސްދޭ ޚިދުމަތްތަކާއި ޓެކްނޮލޮޖީތަކެއް ފޯރުކޮށްދިނުމަށް." އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

22 އަހަރު ކުރިން ފަށާފައިވާ ޓެލެކޮމް އޭޝިއާ އެވޯރޑަކީ، ޓެލެކޮމް ދާއިރާ އަށް ޚާއްޞަކޮށްގެން މި ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަޚުރުވެރި އެއް އެވޯރޑެވެ. ޑިޖިޓަލް މުސްތަޤްބަލަކަށް މަސައްކަތްކުރަމުންދާ ހިނދު، ޓެލެކޮމް އޭޝިއާއިން ފާހަގަ ކުރަނީ އިންޑަސްޓްރީގެ އެންމެ އީޖާދީ އަދި ވާދަވެރި ކުންފުނިތަކެވެ. މިގޮތުން، މިއަހަރު ވަނީ ސަތޭކަ އެތަކެއް ފިކްސްޑް، މޮބައިލް އަދި ކޮންވާޖަންސް ޓެލެކޮމް އޮޕަރޭޓަރުންގެ ތެރެއިން، 28 ކެޓަގަރީއެއްގައި، އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކެއް ހޮވާފައެވެ. މި އެވޯރޑަށް ކުންފުނިތައް ނޮމިނޭޓް ކޮށްފައިވަނީ ޓެލެކޮމް އޭޝިއާގެ ކިއުންތެރިން، ޖަޖުން، އަދި އެޑިޓަރުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް