އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޞުރުގެ ކުރީގެ ރައީސް މޫރްސީ ޝަރީޢަތުގެ މަޖިލީހުގައި އަވަހާރަވެއްޖެ

މިޞުރުގެ ކުރީގެ ރައީސް މޫރްސީ ޝަރީޢަތުގެ މަޖިލީހުގައި އަވަހާރަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

2013 ވަނަ އަހަރުގެ މިޞުރުގެ ވެރިކަމުން ދުރުކުރި ރައީސް މޫރްސީ ޝަރީޢަތުގެ މަޖިލީހުގައި ހުންނަވަނިކޮށް އަވަހާރަވެއްޖެއެވެ. 

ބައެއް ރިޕޯޓޫތަކުގައި ބުނެފައިވަނީ މޫރްސީ ވެއްޓިވަޑައިގަތީ ހޭފުޅު ނެތިގެން ކަމަށެވެ. މޫރްސީ އަވަހާރަވިކަން މިޞުރުގެ ރަސްމީ ޓީވީން ވަނީ ކަށަވަރުކޮށްދިފައެވެ. 

މޫރުސީ އަކީ މިޞުރުގެ ރައްޔިތުން އިންތިޚާބުކުރި ފުރަތަމަ ރައީސެވެ. މޫރުސީގެ ވެރިކަން ވައްޓައިލީ އިޒްރޭލާއި ދީނީ މިނިވަންކަމަށް ތާއީދު ނުކުރައްވާތީއެވެ. މޫރްސީ އަކީ މުސްލިމް ބްރަދަރހުޑް އަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ހަމާސްއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. 

މޫރްސީއަކީ މިޞުރުގެ ހަމައެކަނި އިންތިޚާބީ ރައީސް ނަމަވެސް ވެރިކަން ކުރައްވަން ލިބިވަޑައިގަތީ އެންމެ އަހަރެއްހައި ދުވަހެވެ. މިޞުރުގައި 30 އަހަރުވަންދެން ކުރިއަށް ގެންދިއަ ޙުސްނީ މުބާރިކްގެ ޚުދުމުޚުތާރުވެރިކަން ނިމުމަކަށް ގެންނެވީ މޫރްސީއެވެ. 

މޫރްސީގެ މައްޗަށް 2016 ވަނަ އަހަރުވެސް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. މޫރްސީ އަވަހާރަވިއިރު އުމުރުފުޅަކީ 67 އަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް