އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްވައިން ފްލޫޖެހިގެން އައިސީޔޫގަ އޮވެ މެޝިނުގަ ނުބާއްވައި މެޝިން ކަނޑާލަން ޑޮކްޓަރުން އެދުނު ސާދަ އަހަރުގެ ކުއްޖަކު ގަދަވެއްޖެ!

ސްވައިން ފްލޫޖެހިގެން އައިސީޔޫގަ އޮވެ މެޝިނުގަ ނުބާއްވައި މެޝިން ކަނޑާލަން ޑޮކްޓަރުން އެދުނު ސާދަ އަހަރުގެ ކުއްޖަކު ގަދަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

އުމުރުން އެންމެ 14 އަހަރުގެ ރޮބަރޓް ބްރިނަން ހޮސްޕިޓަލަށް ގެންދެވުނީ އާދައިގެ ރޮގާއެއްގެ އަލާމާތްތައް ފެނިގެންނެވެ. ޓެސްޓްތަކުން ފެނުނީ ސްވައިން ފްލޫ ޖެހި އެތެރެހަށީގެ ގުނަވަނަތްކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. 

17 ދުވަސް ވަންދެން ޑޮކްޓަރުން ވަނީ ރޮބަރޓް ހޭ ނުއަރުވައި ލައިފް ސަޕޯޓިންގ މެޝިންގައި ބާއްވައިފައެވެ. 

އައިސީޔޫގައި އޮވެ ފަރުވާ ހޯދަމުންދިއައިރު އެއްވެސް އުންމީދެއް ނެތުމުން އޭނާގެ މަންމަ ގާތުގައި ބުނީ އެއްވެސް އުންމީދެއް ދެން ނެތް ކަމަށާއި ލައިފް ސަޕޯޓިންގ މެޝިން ކަނޑައިލުމުގެ ހުއްދައަށް އެދޭ ކަމަށެވެ. އަދި ރޮބަރޓް ވެސް މަންމަ ގާތު ބުނީ މެޝިންގައި ބޭއްވުމުގެ ތަކްލީފް ނުއުފުލައި މެޝިން ހުއްޓާލުމަށެވެ. މަރަކީ ކޮންމެވެސް ދުވަހަކުން ވާންޖެހޭނެ އެއްޗެއް ކަމަށެވެ.

އެއްވެސް އުންމީދެއް ނެތި ދިއަ ރޮބަރޓް ގަދަވެގެން ގެއަށް ގޮސް މިހާރު ސްކޫލަށް ދެއެވެ. ޑޮކްޓަރުން ބުނަނީ މިއީ ބޭސްވެރިކަމުގައި ފެނުނު އެންމެ އާދައާއި ޚިލާފް އެއް ކަންތައް ކަމަށެވެ. އަދި ސިފަކުރަނީ "މެޑިކަލް މިރެކްލް"އެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް