އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮން އަޅައި 5 އަންހެން ދަރިން އެކުގަ މަރާލުމުން ވެސް ކަންބޮޑުނުވެ ދަރިންނާ ސުވަރުގެއިން ބައްދަލުކުރަން ބޭނުންވި ބައްޕައެއްގެ ވާހަކަ!

ބޮން އަޅައި 5 އަންހެން ދަރިން އެކުގަ މަރާލުމުން ވެސް ކަންބޮޑުނުވެ ދަރިންނާ ސުވަރުގެއިން ބައްދަލުކުރަން ބޭނުންވި ބައްޕައެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ޣާޒާގެ މީހަކު ކިޔައިދިނެވެ. އޭނާގެ ޢާއިލާގެ އެންމެން ގޭގައި ނިދަން ތިއްބައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮން އެޅީއެވެ. އެންމެން ބިރުން ހޭނެތުނެވެ. ހޭ އެރުމުން ފުރަތަމަވެސް ބަލައިލެވުނީ 6 އަންހެންދަރިން ކޮބައިތޯއެވެ. 

ބެލިއިރު 5 ކުދިން ތިބީ މަރުވެފައެވެ. ދިރިހުރީ އެންމެ އަންހެން ދަރިއެކެވެ. އަދި އެންމެ އާދައާއި ޚިލާފް ކަމެއް ފެނުނީ ދޮށީ އަންހެން ދަރިފުޅުގެ ކިބައިންނެވެ. އޭނާ އަކީ އަވަށްޓެރިން ދެކެވެސެ އެންމެން ދެކެވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. ކޮންމެ ރެއަކު ނިދާނީ ދެއަތުން އެންމެ ހަގު ދެ ކޮއްކޮގެ ގައިގައި ލޯބިން ބައްދާލައިގެން އޮވެއެވެ. އެ ލޯބި ދަރިފުޅު މަރުވެފައި އޮތީވެސް ދެކޮއްކޮގެ ގައިގައި ބައްދާލައިގެން އޮވެއެވެ. 

އެކުދިންގެ ފުރާނަ ނެތް ހަށިތައް ގެއިން ނެރުނީ އަހަރެންގެ ދެއަތުންނެވެ. ފިރިހެން ދަރިންތައް ގިސްލަގިސްލާފައި ރޮނީއެވެ. އަހަރެން ބުނީމެވެ. "ތިއަ ރޮނީ ކީއްވެގެން ހެއްހެއްޔެވެ؟ އެ ދަރިން އިރާދަ ކުރެއްވިއްޔާ އެދިއައީ ސުވަރުގެއެވެ. އަހަރެމެން މަސައްކަތްކުރަންވީ އެ ދަރިންނާއި ސުވަރުގެއިން ބައްދަލުކުރުމަށެވެ." 

ނިކަން ވިސްނައިލަބަލާށެވެ! އެއީ ހުރިހާ ދަރިންގެ ބައްޕައެވެ. ހަމަ ކުއްލިއަކަށް 5 ދަރިން އެކުގައި މަރުވީއެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި އީމާންތެރިކަން ނިކަން ބަލައިލަބަލާށެވެ! ނިކަން ބުނެބަލާށެވެ! އެފަދަ ކަމެއް ހިނގައިދިއުމުން އެފަދައިން ބުނުމުގެ ބާރު ލިބިގެންވަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެވަރުގެ އީމާންތެރިކަމެއް ހުރީ އަހަރެމެންގެ ތެރެއިން ކިތައް މީހުންގެ ހެއްޔެވެ؟ މިފަދަ އިމްތިޙާނެއް ކުރިމަތި ކުރެއްވެވުމުން އެހައި ސާބިތުކަމާއިއެކުގައި ފާސްވާނީ ކިތައް މީހުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! އީމާންތެރިކަން ވަރުގަދަކުރާށެވެ! މިންވަރު ކުރެއްވެވި ކޮންމެ ނިޢްމަތަކަށް ޝުކުރުވެރިވާ މީހަކަށްވާށެވެ! ތިބާގެ އީމާންކަން ވަރުގަދަވެ ދިރިއުޅުނުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ސާބިތުކަން ސާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު