އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ރައީސް މޫރްސިގެ މައްޗަށް އެތައް ލައްކަ މީހުން ކަށުނަމާދުކުރި!

ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ރައީސް މޫރްސިގެ މައްޗަށް އެތައް ލައްކަ މީހުން ކަށުނަމާދުކުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އަވަހާރަވެފައިވާ މިޞުރުގެ ރައީސް މުޙައްމަދު މޫރްސިގެ މައްޗަށް ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ލައްކަ މީހުން ކަށުނަމާދުކޮށްފިއެވެ. ތުރުކީ ފަދަ ޤައުމުތަކުގައި މިސްކިތަތްކާއި ހުސް ސަރަހައްދުތަކުގައިވެސް ވަނީ ކަށުނަމާދުކޮށްފައެވެ.

 

މިޞުރުގައި ކަށު ނަމާދުކުރީ ޖަލުގައި ނަމަވެސް ބައެއް މިސްކިތްތަކާއި ގެތަކުގައިވެސް ވަނީ ގިނަ ބައަކު ކަށުނަމާދުކޮށްފައެވެ.

 

ރާއްޖޭގައިވެސް ރައީސް މޫރްސިގެ މައްޗަށް ކަށުނަމާދުކުރަން ވަނީ އެދިފައެވެ. ނަމަވެސް އެކަން ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިންކަން އަދި އެނގިފައެއް ނުވެއެވެ. ރާއްޖޭގައިވެސް ބައެއް މީހުން ވަނީ ގެތަކުގައި ކަށުނަމާދުކޮށްފައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

 

ރައީސް މޫރްސިއަކީ ފަހުގެ ވެރިންގެ ތެރެއިން އިސްލާމް ދީނަށް ޢަމަލުކުރެއްވުމުގައި އެންމެ ކުރީގައި ހުންނެވި ރައީސްކަން ގިނަ ބައަކު ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް