އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް، މަޖިލިހުން ފާސްކޮށްފި

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް، މަޖިލިހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފިއެވެ.  

މިބިލް ފާސްކޮށްފައިވަނީ 67 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް އަލުން އެޖެންޑާކޮށް ފާސްކޮށްފައި މިވަނީ، ނިމިދިޔަ އަށާރަވަ ރައްޔިތުންގެ މަޖިލީހުގައި އެބިލް ތިންފަހަރެއްގެ މަތިން ފާސްކުރުމަށް އެޖެންޑާކޮށް ފާސްކުރެވޭވަރަށް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުމުން އެޖެންޑާއިން ނަގާފައި އޮތުމަށްފަހުއެވެ. މިކަމާ ގުޅިގެން އެތައްބައެއްގެ ފާޑުކިއުން އެ މަޖިލީހަށް އަމާޒުވިއެވެ. އަދި ސަރުކާރުންވެސް ވަނީ އެ ބިލް މަޖިލީހުން ފާސްނުކޮށް އޮތުމުން ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. 

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް ޞާލިޙު ވަނީ ރިޔާސީ ދެ ކޮމިޝަން އެކުލަވާލައްވާފައެވެ. އަދި އެދެކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. 

މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން މަރުގެ ބޮޑެތި މައްސަލަތައް ބަލައި އެމައްސަލަތަކުގެ "މޯޓިވް"އާ ހަމައަށް ދެވިފައިވާކަމަށާއި، ބައެއް މައްސަލަތައް ތަޙްޤީޤްކޮށް ނިމިފައި ވީނަމަވެސް އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައިނުވާތީ ޕީޖީ އޮފީހަށް ދައުވާކުރުމަށް ނުފޮނުވިފައިވާކަމަށް އެކޮމިޝަނުގެ ރައީސް ހުސްނުއް ސުޢޫދު ވިދާޅުވެފައިވެއެވެ. 

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުން ފާސްކުރެއްވިއިރު އެބިލަށް ވަނީ ތަޅުމުން ބައެއް އިޞްލާޙުތައް ގެންނަވާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ދޭންވާނީ އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭގޮތަށް، އެ އިޚްތިޔާރުތަކާއެކު ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ އިޞްލާޙެއް ހުށައަޅާފައެވެ.  

އޭގެއިތުރުން ރިޔާސީ ކޮމިޝަންތައް ރައީސުލްޖުމްހޫރިއްޔާ އުވާލައްވާނަމަ، އުވާލާއިރު އެފަދަ ކޮމިޝަންތަކުން ހޯދާފައިވާ ތަޙްޤީޤީ މައުލޫމާތުތަކާއި، ހެއްކާއި، ނަގާފައިވާ ހެކިބަސް އެއީ ސައްޙަ ތަކެތީގެ ގޮތުގައި ކަމާއި ގުޅުންހުރި ތަޙްޤީޤީ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭގޮތަށްވެސް އިސްލާޙްހު ގެނެސްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ