އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޓަލީގެ ބްލޫ ޕެނޮރާމާ ގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

އިޓަލީގެ ބްލޫ ޕެނޮރާމާ ގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އިޓަލީގެ ބުލޫ ޕެނޮރާމާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

 

ބުލޫ ޕެނޮރާމާގެ ދަތުރުތައް ފެށުމުގެ ގޮތުން މާދަމާ ރާއްޖެ އަންނަ ބުލޫ ޕެނޮރާމާގެ ފްލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ.

 

ބަޖެޓް އެއަރލައިނެއްކަމަށްވާ ބުލޫ ޕެނޮރާމާއަކީ 1998 ވަނަ އަހަރުން ފެށިގެން ޚިދުމަތްދެމުން އަންނަ އެއަރލައިނެކެވެ. އެގޮތުން 34 މަންޒިލަކަށް އެއަރލައިނުން ދަތުރުކުރާއިރު، 16 އެއަރކްރާފްޓެއް އޮޕަރޭޓްކުރެއެވެ.

 

އިޓަލީގެ އައު އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް މާދަމާ ފަށާއިރު، މިހާރުވެސް އިޓަލީގެ ދެ އެއަރލައިނެއްކަމަށްވާ، އެއަރއިޓަލީ އާއި އަލިޓާލިޔާގެ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. އަނެއްކޮޅުން ރާއްޖެ އަންނަ އިޓަލީގެ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން ރާއްޖެ އަންނަ އިޓަލީގެ ފަތުރުވެރިންގެ އަދަދު ދަނީ ކޮންމެ އަހަރަކުވެސް އިތުރުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ