އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް ފައިސަލް ނަސީމް ކޮޅުފުށި ކައުންސިލްގެ ރައީސާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް ކޮޅުފުށި ކައުންސިލްގެ ރައީސާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ ރައީސް ޙުސައިން ޝާމިލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

 

މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ވަނީ ކައުންސިލްގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވައިފައެވެ.

 

އެގޮތުން ރަށުގެ މަގުބައްތި ޖެހުމުގެ މަޝްރޫޢު ހިންގުމަށް ހުރި ހުރަސްތަކާއި، ސުނާމީއަށްފަހު ސާފުފެން ލިބުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށާއި، ކޮޅުފުށްޓަށް ފެރީގެ ޚިދުމަތް އަލުން ފެށުމުގެ މުހިންމު ކަމާއި ރަށް ގިރުމުގެ މައްސަލައިގެ އިތުރުން، ރަށުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ކައުންސިލްގެ ރައީސް ވަނީ ނައިބު ރައީސް އާއި ޙިއްޞާކުރައްވައިފައެވެ.

 

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން، ކައުންސިލް ރައީސް ފާހަގަ ކުރެއްވެވި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ކައުންސިލްގެ ރައީސަށް ދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ