އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިރިލަންދޫ ކައުންސިލްގެ މެމްބަރުންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި

ހިރިލަންދޫ ކައުންސިލްގެ މެމްބަރުންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ނައިބު ރައީސް ފައިސަލް ނަސީމް، ތ.ހިރިލަންދޫ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

 

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ވަނީ ނައިބު ރައީސް އާއި ޙިއްޞާ ކުރައްވައިފައެވެ.

 

އެގޮތުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދިނުމަށާއި، ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް ބަހައްޓުމުގެ މުހިންމުކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުން، ރަށުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަނީ ޙިއްޞާކުރައްވައިފައެވެ.

 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން ކައުންސިލުން ފާހަގަ ކުރެއްވެވި މައްސަލަތަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. އަދި، ކައުންސިލުން ވީހާވެސް ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލް މެންބަރުންނަށް އެރުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ