އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމްސްގެ އޮންލައިން މަޖައްލާ "ކަސްޓަމްސް ޖާރނަލް" ޗާޕްކޮށްގެން ނެރެންފަށައިފި

ކަސްޓަމްސްގެ އޮންލައިން މަޖައްލާ "ކަސްޓަމްސް ޖާރނަލް" ޗާޕްކޮށްގެން ނެރެންފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ކަސްޓަމްސްގައި ހިނގާ ކަންތައްތަކާއި، މުދާ ކްލިއަރކުރުމާއި ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމަށް ކުރެވެމުންދާ ކަންތައްތަކާއި ގަވާއިދު ތަކާއި އުޞޫލުތަކަށް އަންނަމުންދާ ބަދަލުތައް ހިމެނޭގޮތަށް، އޮންލައިން މަޖައްލާއެއްގެގޮތުގައި ޝާޢިއުކުރަމުން އަންނަ "ކަސްޓަމްސްގެ ޖާރނަލް" ޗާޕްކޮށްގެން ނެރެންފަށައިފިއެވެ.

1990 އާއި 2000 ގެ ކުރީކޮޅުގެ އަހަރުތަކުގައި "ގޭޓް ކީޕާރ" ގެ ނަމުގައި ޗާޕްކޮށްގެން ނެރެމުންދިޔަ މަޖައްލާ "ކަސްޓަމްސް ޖާރނަލް" ގެނަމަށް ރީބްރޭންޑްކޮށް އޮންލައިން މަޖައްލާއެއްގެގޮތުގައި ނެރެންފަށާފައިވަނީ 2004 ހާތާނގައެވެ. އަދި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ޗާޕްކޮށްގެން ނެރެފައިމިވަނީ މި މަޖައްލާގެ 187 ވަނަ އަދަދެވެ. 

މިއީ، ކަސްޓަމްސްގައި ހިނގާފައިވާ މުހިންމު ކަންކަމުގެ ޚަބަރުތަކާއި، މުވައްޒަފުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ފޯރުކޮށްދެވުނު ތަމްރީން ފުރުޞަތުތަކުގެ މައުލޫމާތާއި، މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާގުޅޭ އުޞޫލުތަކާއި ޤަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއި، ތަފާސް ހިސާބާއި ކަސްޓަމްސް މުވައްޒަފުންނަށް ހިންގޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އަދި މިނޫނަސް ކަސްޓަމްސްއާ ގުޅުންހުރި ތަފާތު މައުލޫމާތު ވީހާވެސް ފުޅާދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ނެރެވޭ މަޖައްލާއެކެވެ.

މިއީ، ފަހުގެ ތާރީޚެއްގައި މަޖައްލާ ޗާޕްކޮށްގެން ނެރެވޭ ފުރަތަމަ ފަހަރުކަމަށްވާތީވެ، މިއަދަދުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޞިލް އަޙްމަދު ނުޢުމާނުގެ ޙާއްސަ ލިޔުއްވުމެއް ހިމެނިފައިވާނެއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންތެރި މައުލޫމާތުތަކާއެކު ޗާޕްކުރެވުނު މަޖައްލާގެ ކޮޕީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ އޮފީސްތަކަށް މިއަދު ވަނީ ފޮނުވަންފަށާފައިވާކަމަށާއި އަދި މި މަޖައްލާ ކަސްޓަމްސް ވެބްސައިޓް، ފޭސްބުކް އަދި ޓްވިޓާގައި ޝާޢިއުކުރެވިފައިވާނެކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު