އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު

ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 3 ސިކުންތު

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ތަހުޤީޤުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށްގެންދާ ތަހުޤީޤެވެ.

ފަނޑިޔާރު ދީދީއާ ދެކޮޅަށް ޖޭއެސްސީން ވަނީ  ފަސް ސްލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީއިން ނިންމާފައެވެ. މިމައްސަލަ ދަރުބާރުގޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ޖޭއެސްސީން ނިންމީ ފަނޑިޔާރު ދީދީގެ އެދުމުގެ މަތިންނެވެ.

 

10:13- ފަނޑިޔާރު ދީދީގެ ތަހުގީގު މައްސަލަ ފަށައިފި. އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދާއި ޖޭއެސްސީގެ ކުރީގެ މެންބަރު ޤާނޫނީ ވަކީލް ރޭނިސް ސަލީމް ބައިވެރިވެ ވަޑައިގަންނަވާ.

 

މިއީ ރާއްޖޭގެ ފަނޑިޔާރަކާ ބެހޭގޮތުން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ މިފަދަ ފުރަތަމަ ތަހުގީގު

 

10:18- ޖޭއެސްސީގެ ތަހުޤީޤު ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މަސްތޫރު ހުސްނީ

 

10:25- ޖޭއެސްސީގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ

 

10:28- ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ އަތުން ފަނޑިޔާރު ދީދީ ފައިސާ ހޯއްދެވި ކަމަށް ތުހުމަތުކުރާ މައްސަލައާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެމަނިކުފާނު ނާޖާއިޒު މަންފާ ހޯދަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ ހިމެނޭކަމަށް ޖޭއެސްސީން ވިދާޅުވެއްޖެ

 

10:35- ފަނޑިޔާރު ދީދީއަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ފޯރުކޮށްދިންކަމަށް، އެމްއެމްޕީއާރުސީގެ ތަހްޤީގަށް ބަޔާންދިން އަދި މިމައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ފުލުހުންނަށްދިން ބަޔާނުގައި ބުނެފައިވާކަން ޖޭއެސްސީން ހާމަކޮށްފި. ފުލުހުންނަށް ބަޔާންދިން މީހާގެ މަޢުލޫމާތު ހާމައެއް ނުކުރޭ.

 

10:40- ވަކި ގޮތަކަށް ބައެއް މީހުންގެމައްޗަށް ހުކުމް ކުރުމަށް ޝަރުޠުކޮށް ފައިސާއާއި ސިޔާސީ އެކިއެކި މަންފާތައް ފަނޑިޔާރު ދީދީ އަށް "ސަސްޕެކްޓް 1"ގެ ނަމުގައި ފުލުހުން ހާމަކުރައްވާފައިވާ އެމްއެމްޕީއާރުގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ފޯރުކޮށްދީފައިވަކަން ފުލުހުންނާ ޙަވާލާދީ ޖޭއެސްސީންވަނީ ހާމަކުރައްވާފައި

 

ފުލުހުންގެ ސިޓީ ތަހުގީގު މައްސަލައިގައި އިއްވާދެއްވީ މެމްބަރު ހިސާން ހުސެއިން

 

10:42- "އަޅުގަނޑަށް އަދި މައްސަލަ ސާފެއް ނުވޭ" ފަނޑިޔާރު ދީދީ

 

10:44- ފުލުހުންގެ ތަހްޤިޤާ ގުޅިގެން ފުލުހުންފަރާތުން ޖޭއެސްސީއަށް ފޮވި މަޢުލޫމާތު އެކޮމިޝަނުން ވަނީ ތަފްސީލްކޮށް ހާމަކުރައްވާފައި

 

އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ފަނޑިޔާރު ދީދީ އަށް ފައިސާއާއި އެކިއެކި އިނާޔަތާއި އެހީތައް ދީގެން ޝަރީޢަތާއި ޢަދުލުއިންސާފަށް ނުފޫޒުފޯރުވާފައިވާކަމަށް ހާމަކޮށްފައިވޭ

 

10:44- "މިއީ ސީރިއަސް ތުހުމަތުތަކަކަށްވާތީ އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންގޮސްދިނުމަށް އެދެން: ފަނޑިޔާރު ދީދީގެ ވަކީލު ޖަމީލު

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ