އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަސްޕެންޑުކުރީ ޤާނޫނާ ޤަވާއިދުގެ ތެރެއިން، އެމައްސަލައާއި މިއަދު މިބެލޭ ސުލޫކީ މައްސަލައާއި ތަފާތު: ރިޔާސަތު

ސަސްޕެންޑުކުރީ ޤާނޫނާ ޤަވާއިދުގެ ތެރެއިން، އެމައްސަލައާއި މިއަދު މިބެލޭ ސުލޫކީ މައްސަލައާއި ތަފާތު: ރިޔާސަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ފަނޑިޔާރު ސަސްޕެންޑްކުރި މައްސަލަ އާއި މިހާރު ބަލާ ސުލޫކީ މައްސަލަ ތަފާތު ކަމަށާއި އެހެންވެ ސަސްޕެންޝަނާ ބެހޭ ގޮތުން މި ތަހުގީގުގައި ވާހަކަ ނުދެއްކުމަށް ރިޔާސަތުން އަންގަވައިފިއެވެ.

 

11:05- މތަހުގީގީ އަޑުއެހުމަށް ވަދެ ތިބި އާންމު މީހުންގެ ތެރެއިން ބަޔަކު އަޑުގަދަކުރާތީ، އެކަން ނުކުރުމަށާއި އެގޮތަށް ދެން އަމަލްކޮށްފި ނަމަ އެބަޔަކު އެތަނުން ނެރެން އަންގަވާނެ ކަމަށް، ތަހުގީގީ ކޮމިޓީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވި.

 

11:18- ފަނޑިޔާރު ދީދީއާމެދު ޖޭއެސްސީން ކުރިއަށްގެންދާ ތަހްޤިޤާމެދު ދީދީގެ ޤާނޫނީ ޓީމުން ގިނަ ސުވާލުތަކެއް އުފައްދަވައިފި. ފުލުހުން ބަލަމުންދާ އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅޭ ތަހްޤީޤުގަށް ލިބިފައިވާ މަޢުލޫމާތުތަކުން ފަނޑިޔާރު ދީދީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާއިރު، އެމްއެމްޕީއާރުސީގެ ތަހްޤީޤަކީ މީގެ ދެއަހަރެއްހައިދުވަސް ކުރިން ހިންގަންފަށާފައިވާ ތަހްޤީޤެއްކަން ދީދީގެ ވަކީލުން ފާހަގަކުރެއްވި.

 

އަދި ފަނޑިޔާރު ދީދީއާމެދު އެއްވެސް މައްސަލައެއް ފުލުހުން ތަހްޤިޤުކުރަމުންދޭތޯ ބެލުމަށް ދީދީގެ ފަރާތުން ފުލުހުންނަށް ސިޓީއެއްފޮނުވުމުން، މިމަހުގެ 10ވަނަ ދުވަހު ފުލުހުންވަނީ ދީދީއާމެދު އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ލިއުމުން ދީދީއަށް ޖަވާބުދެއްވާފައިކަމަށް ވަކީލުން ވިދާޅުވި.

 

11:21- ފަނޑިޔާރު ދީދީ އާއި ޖޭއެސްސީ ގެ މެމްބަރުން ސުވާލު ކުރައްވަން ފައްޓަވައިފި

11:40- "އެކަށީގެންވާ ވަގުތު ނުލިބޭ. ތަޙުޤީޤު ކޮމިޓީގައި ތިއްބެވި ބޭފުޅުންނަކީ މިމައްސަލަ ބެލުމުގައި މަސްލަހަތު ފުށުއަރާ ބޭފުޅުން. ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ކުރިއަށްގެންދަވާ" ފަނޑިޔާރު ދީދީގެ ވަކީލުންގެ ޝަކުވާ

11:42- ތަހުގީގު ކުރިއަށްދާ އަޑުއެހުމުގައި އާންމުންގެ ބަޔަކު އަޑުގަދަ ކުރަމުންދަަތީ، ސަލާމަތީ ކަންކަން ބަލަހައްޓަމުންގެންދާ ފަރާތްތަކުން އެކަން ހުއްޓުވައިފި

 

11:44- ފަނޑިޔާރު ދީދީ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވުމާގުޅޭ ތާރީޚުތަކާގުޅޭގޮތުން ތަޙުޤިޤު ޓީމުން ތަކުރާރުކޮށް ސުވާލުކުރައްވަމުން އެބަދޭ.

11:45- މިސުވާލުތަކަށް ޖަވާބުދެއްވުވުމުގެ ބަދަލުގައި ފަނޑިޔާރު ދީދީ ވިދާޅުވަމުންގެންދަވަނީ މިއަދު އޭނާގެމައްޗަށް ތުހުމަތުކޮށް ޖޭއެސްސީން ހާމަކުރެއްވި ކަންކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ތަހްޤިޤު ބައްދަލުވުމަށް ވަޑައިގަތުމުންކަމަށް. އެހެންކަމުން މައްސަލާގައި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދެއްވަން ވަގުތު ބޭނުންވާކަމަށް.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ