އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަހުގީގަކަށްވާތީ ދިފާއީ ފަރާތަށް އޮންނާނީ ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން- ހިސާން

ތަހުގީގަކަށްވާތީ ދިފާއީ ފަރާތަށް އޮންނާނީ ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން- ހިސާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

މިއަދު ހެނދުނު 10:13 އިން ފެށިގެން ދަރުބާރުގޭގައި ކުރިއަށްދިޔަ، ފަނޑިޔާރު އަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ޖުޑީޝަލް ސާރިވިސް ކޮމިޝަން (ޖެއެސްސީ) އިން ބޭއްވި ތަހުގީގީ އަޑުއެހުމުގައި، ޖޭއެސްސީގެ މެމްބަރު ހިސާން ޙުސެއިން ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ތަހުގީގަކަށްވާތީ ދިފާއީ ފަރާތަށް އޮޮންނާނީ ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުން ކަމަށެވެ.

 

11:57-  މިއީ ތަހުގީގަކަށް ވާތީ ދިފާއީ ފަރާތަށް އޮންނާނީ ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ކަމަށް. ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރީ އެހެން މައްސަލައެއްގައި ކަމަށް، ހިސާން ވެސް ތަކުރާރުކޮށް ވިދާޅުވި. އަދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އަކީ ވެސް، މިހާރު ހިނގާ ތަހުގީގާ ގުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވި.

 

11:59- މިހާރު ކުރިއަށް ގެންދާ ތަހުގީގަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި ބައެއް މީހުންގެ އަތުން ފަނޑިޔާރު ޑީޑީ ފައިސާ ހޯއްދަވާފައިވާކަމަށް ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެއް ކަމަށް.

 

12:01- ތަހްޤީޤު ޓީމަށް ޖަވާބުދެއްވަމުން ފަނޑިޔާރު ދީދީ ވިދާޅުވީ މިމަހުގެ 10ވަނަ ދުވަހު ފުލުހުންވަނީ އޭނާއާމެދު އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ލިއުމުން އަންގާފައިކަމަށާ، އެހެންކަމުން މިއަދު މިތަހުޤީޤުގައި ކުރާ ތުހުމަތުތަކުގެ ހެކި ހޯދިގޮތާއި އޭގެ ސައްޙަކަމާމެދު އުފެދޭ ސުވާލަށް ޖަވާބު ބޭނުންވާކަމަށް. އެހެންކަމުން ޖަވާބުދެއްވުމަށް މިކަންކަން ސާފުވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް.

 

12:07- ފުލުހުންގެ ތަޙުޤީޤުގެ ތެރެއިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ "ސަސްޕެކްޓް1"އާއި ފަނޑިޔާރު ދީދީ އާމެދު ކޮށްފައިވާ ޗެޓްލޮގެއްކަމަށް ބުނާ ޑޮކިއުމެންޓެއްގެ ހުރި ވާހަކަތަކާމެދު ދީދީއާ އަނެއްކާވެސް ސުވާލުކުރަން ފަށައިފި

 

12:25- ޖޭއެސްސީގެ ތަހްޤީޤު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޤާނީ ވަކީލުންގެ ޓީމުގައި ކުރިން ހިމެނިވަޑައިގެންނެވީ 3 މެމްބަރުން މިތަހުޤީޤުން ތަނާޒުލުވާންޖެހޭކަމަށް ފަނޑިޔާރު ދީދީއާއި އޭނާގެ ޤާނޫނީ ޓީމުން ދެކޭކަން ހާމަކޮށްފި.

 

ތަހުޤީޤު ކޮމިޓީން ބުނީ ޖޭއެސްސީން ބަލަމުން ދަނީ ރައީސް މުހަންމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ނޫން ކަމަށް. އަދި އެމްމަބަރުންގެ މަސްލަޙަތެއް ނެތްކަމަށް.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ