އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަހުގީގަށް ޖަވާބުދާރީވުމަށް ފަނޑިޔާރު ދީދީއަށް 5 ދުވަހުގެ މުއްދަތެއް ދެއްވާ، އަޑުއެހުން ނިންމާލައިފި

ތަހުގީގަށް ޖަވާބުދާރީވުމަށް ފަނޑިޔާރު ދީދީއަށް 5 ދުވަހުގެ މުއްދަތެއް ދެއްވާ، އަޑުއެހުން ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ތަހުޤީޤުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށްގެންދާ ތަހުގީގަށް ޖަވާބުދަރީވުމަށް، ފަސް ދުވަހުގެ މުއްދަތެއް އެމަނިކުފާނަށް ދެއްވުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

 

ދަރުބާރުގޭގައި މިއަދު ހެނދުނު 10:13 ހާއިރު ފެށުނު މިތަހުގީގީ އަޑުއެހުމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްގެ މައްޗަށް ހިނގަމުންދާ ތަހުގީގެކެވެ. މިއަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވީ ފަނޑިޔާރު ދީދީގެ އެދިލެއްވުމުގެ މަތިންނެވެ.

 

މިއަދުގެ އެއަޑުއެހުމުގައި. މަޖިލީހުގެ ރައީސްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ކުރިން ހިމެނިވަޑައިގެންނެވި 3 މެމްބަރުން މިތަހުޤީޤުން ތަނާޒުލުވާންޖެހޭކަމަށް ފަނޑިޔާރު ދީދީއާއި އޭނާގެ ޤާނޫނީ ޓީމުން ދެކޭކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ. އޭގެ ރައްދެއްގެ ގޮތުގައި ތަހުޤީޤު ކޮމިޓީން ބުނީ ޖޭއެސްސީން ބަލަމުން ދަނީ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ނޫން ކަމަށާއި އެމްމަބަރުންގެ މަސްލަޙަތެއް ވެސް ނެތްކަމަށެވެ.

 

މިމައްސަލާގައި ތަޙްޤީޤަށް ޖަވާބުދާރިވުމަށް ފަނޑިޔާރު ދީދީއަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ތަހްޤީޤު ކޮމިޓީން ނިންމަވާ މިއަދުގެ އަޑުއެހުން ނިންމާލީ، ލިއުމުން ޖަވާބުދެއްވުމުގެ ފުރުސަތު ވެސް ދެއްވާފައެވެ. ދެން އަޑުއެހުން އޮންނާނެ ދުވަހެއް ފަހުން ޢިއުލާންކުރާނެކަމަށް އެމައްސަލަ ބެއްލެވި ރިޔާސަތުން ވަނީ އިއުލާނު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ