އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ރޭގަނޑު ހޭލައި އުޅުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ!

މައިންބަފައިން ރޭގަނޑު ހޭލައި އުޅުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ރޭގަނޑު މެންދަމަށްވުރެ ވެސް ފަސް ވުމުން ނިދާ މައިންބަފައިން ވަރަށް ގިނަވެއްޖެއެވެ. ފެންނަ ފެނުމަށް ދަނީވެސް އިތުރުވަމުންނެވެ. މައިންބަފައިން ރޭގަނޑު ހޭލައި އުޅުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ ކަމުގައިވާއިރު އެކަމަށް ވިސްނައިލުން ރަނގަޅުވާނެއެވެ. މަރުވުމަށްފަހު އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ހިތާމަކުރާނީ އެމީހުންގެ ވަގުތު ހޭދަކުރެވުނުގޮތާއިމެދުގައި ކަމަށްވާތީއެވެ. 

ޢާންމު މީހެއްގެ ދުވާލުގެ ޝެޑިޔުލް ބަލައިބަލާށެވެ! ﷲ ތަޢާލާ އަށް އަދާކުރަންޖެހޭ އަޅުކަން ކުރުމުގައާއި ޢާއިލީ ޒިންމާ އަދާ ކުރުމުގައި ހޭދަކުރާ ވަގުތާއި ދިރިއުޅެން ކުރާ މަސައްކަތުގައި ވަގުތު ހޭދަކުރާވަރާއި ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމުގައި ހޭދަކުރެވޭ ވަގުތާއި ނިކަން އަޅުވައިބަލާށެވެ! އެއިރުން މިބުނި ބަހުގެ ތެދުކަން ޤަބޫލުކުރެވޭނެއެވެ. 

ގިނަ ބައަކަށް ހީކުރެވިފައި އޮންނަނީ ޅައުމުރާއި ޒުވާން އުމުރާއި މެދު އުމުރަކީ އެމީހަކު ބޭނުންގޮތަކަށް ކުޅިވަރުކުޅެން ދޫކޮށްލެވިފައިވާ އެއްޗެއް ކަމަށެވެ. 60 އަހަރު ފުރި މުސްކުޅި އުމުރަށް އެޅުމުން ތަޤްވާވެރިވެލުމުން ސުވަރުގެ ވެސް ލިބި ހުރިހާ ކަމެއް ފުދޭނެ ކަމަށެވެ. 

އުފެދި ބޮޑުވަމުން އަންނަ ޖީލު ހަލާކުވެގެން މިދަނީ މިކަމުގެ ތެރޭގައެވެ. ވަގުތު މެނޭޖް ނުކުރެވުމުގެ މައްސަލަތަކުގެ ތެރޭގައެވެ. ރޭގަނޑު ހޭލައި ތިބެ މަސައްކަތްކުރުމާއި އުފާކުރުމުގެ އާދަތައް ހިފާތީއެވެ. ދުވާލު ކަންނެތްވެ ނިދުމުގެ ނުބައި އާދަ ހަރުލަމުން އަންނާތީއެވެ. ޒުވާން ޖީލު މިގޮތަށް ބަދަލުވެގެން އެދަނީ މައިން ބަފައިން އެކަމުގައި ނަމޫނާ ދައްކާތީއެވެ. ނަތީޖާއަކީ މައިންބަފައިންނަށްވުރެ އެމީހުންގެ ދަރިންގެ ކިބައިގައި އެ އާދަ ބޮޑުވުމެވެ. 

ދެން ވާނެ ގޮތަކީ މިއަދުގެ ޒުވާން ޖީލަށް ލިބޭ ދަރިންގެ ކިބައިގައި އިތުރަށް އެއާދަ ހަރުލުމެވެ. ރޭގަނޑު މެންދަންވެ ފަސްވުމުން އިރުއޮއްސި އަދި ދުވާލުގެ އިރު މެދުން ފިލައި ފަސްވުމުން އިރުއަރާ މީހުންގެ އަދަދު ގިނަވަމުންދިއުމެވެ. 

އާމްދަނީ ހޯދަން މަސައްކަތްކުރާ ގަޑި އެމީހަކަށް އެމީހަކު ބޭނުންވާ ގޮތަކަށް ބަދަލުކުރެވިދާނެއެވެ. ނަމަވެސް ނަމާދު ވަގުތުތައް ބަދަލެއް ނުކުރެވޭނެއެވެ. ރޭގަނޑު ކުރަން ޖެހޭ ކަންކަމާއި ދުވާލު ކުރަން ޖެހޭ ކަންކަން ވެސް އެއްގޮތެއް ނުކުރެވޭނެއެވެ. މާތް ﷲ ވަނީ ބައް ވަގުތުތައް މާތް ކުރައްވަވައިފައެވެ. ބައެއް ވަގުތުތަކުގައި ބަރަކާތް އިތުރުކުރައްވަވައިފައެވެ. އެކަންކަންވެސް ބަދަލެއް ނުކުރެވޭނެއެވެ! 

މިކަންކަމަށް މައިން ބަފައިންގެ ސަމާލުކަން މިވަނީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައެވެ. އެމީހެއްގެ ކިބައިގައި ހުންނަ ނުބައި އާދައެއްގެ ސަބަބުން ދަރިންނަށް ނުބައި ތަރުބިއްޔަތެއް ދެވިއްޖަނަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ހަމައެއާއިއެކު ދަރިންނަށްވެސް އެކމުގެ ގެއްލުންތައް ލިބޭނެއެވެ. ވީމާ ތިމާމެން ނިދައި ހޭލުމުގައި ދަރިންނަށް ނަމޫނާ ދައްކާ ބައަކަށްވާށެވެ! އަދި އެ ނަމޫނާ ފަދައިން ދަރިން ތަރުބިއްޔަތުކުރަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ! ދަރިންނަށްވެސް އަދި މައިން ބަފައިންނަށްވެސް ފައިދާކުރާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް