އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަނޑުވެރިންނަށް ފިހާރަތަކުން ޑިސްކައުންޓް ލިބޭ ޕެކޭޖެއް އުރީދޫން ތަޢާރަފްކޮށްފި

ދަނޑުވެރިންނަށް ފިހާރަތަކުން ޑިސްކައުންޓް ލިބޭ ޕެކޭޖެއް އުރީދޫން ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ޕެކޭޖް ބޭނުންކުރާ ފަރާތްތަކަށް ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ އާއި އެހެނިހެން ތަކެތި ވިއްކާ ފިހާރަތަކުން ޑިސްކައުންޓް ވެސް ލިބޭ ޕެކޭޖެއް އުރީދޫން ތަޢާރަފްކޮށްފިއެވެ. 

އެގްރިކަލްޗަރ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތަޢާރަފްކުރި މި ޕެކޭޖް އާއި ބެހޭގޮތުން އުރީދޫގެ ޑިރެކްޓަރ، ސޭލްސް ޙުސައިން ނިޔާޒް ވިދާޅުވީ އުރީދޫ އިން ވާނީ މަސްވެރިންނަށް ޚާއްޞަ ޕެކޭޖެއް މިދިއަ އަހަރު ތަޢާރަފްކޮށްފައި ކަމަށާއި ތަފާތު މަސައްކަތްކުރާ ފަރާތްތަކަށް ތަފާތު ޕެކޭޖްތައް ތަޢާރަފްކުރަން އުރީދޫން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިއީ ވެސް އެގޮތުން ކުރާ މަސައްކަތްތަކަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ. 

ހުސައިން ނިޔާޒް ވިދާޅުވީ އެގްރިކަލްޗަރ މިނިސްޓްރީން ދަނޑުވެރިންގެ ބޭނުންތަކަށް ފޯރުކޮށްދޭ ތަފާތު މައުލޫމާތު އެއްވެސް އިތުރު ޚަރަދަކާއި ނުލައި ލިބިގަނެވޭނެ ޑާޓާ މިޕެކޭޖްގައި ހިމެނިފައި ހުންނާނެ ކަމަށެވެ. އެހެންކަމުން ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތުތައް ހިލޭ މިޕެކޭޖްގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވީ ދަނޑުވެރިންގެ ގޮތުގައި މިހާރުވެސް 7000 މީހުން އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެހުރިހާ ދަނޑުވެރިންނަށްވެސް މިޕެކޭޖްގެ ތެރެއިން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިނިސްޓްރީން ދަނޑުވެރިންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ހިލޭ ލިބިގަނެވޭނެ ގޮތް ހަމަޖައްސާފައި އޮތުމުން އެކަމަށްޓަކައި އުރީދޫއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް