އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވާހަކައިގަ ކޮންމެ މީހަކަށްވެސް ޢިބްރަތެއްވޭ! - ޙާލުގައިވާ މީހުންނަށް އެހީތެރިނުވެ އަނބުރާ ފޮނުވާލަނީ ﷲ ގެ އެހީތެރިކަމަށް ބޭނުން ނުވާ މީހުން!

މިވާހަކައިގަ ކޮންމެ މީހަކަށްވެސް ޢިބްރަތެއްވޭ! - ޙާލުގައިވާ މީހުންނަށް އެހީތެރިނުވެ އަނބުރާ ފޮނުވާލަނީ ﷲ ގެ އެހީތެރިކަމަށް ބޭނުން ނުވާ މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

"އެއީ މީހަކަށް ވަރަށް އަތްމަތި ދުވަސްކޮޅެކެވެ. ނަމަވެސް ގެއިން ކާބޯތަކެތި ހުސްވާން ކައިރިވުމުން މާރުކޭޓަށް ދިއައީ ގޭގައި ހުރި ވަކިލާރިކޮޅު ހިފައިގެންނެވެ. މާރުކާޓާއި ކައިވެސް ނުވެވެނީސް މީހަކު އައިސް ރޮއިގެންފައި ބުނީ އޭނާގެ ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި ކުޑަ ދެ ދަރިން މިހާރުވެސް ތިބީ ބަނޑުހައިވެގެން ގޮސް ހޭނެތޭ ޙާލުގައި ކަމަށެވެ. 

އެވަގުތު އޭނާއަށް ހުއްޓިލެވުނެވެ. އަދި ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނައިލިއެވެ. އޭނާ ހިތަށް އެރީ އަދިވެސް އެއް ދުވަހު ކާނެ ތަކެތި ގޭގައި އެބަހުރި ކަމަށެވެ. ނަމަވެސް އެމީހާގެ ދެ ދަރިން ބަނޑަށް މަރުވަނީ ކަމަށެވެ. އެގޮތަށް ހިތަށް އެރުމުން ގެންދިއަ ވަކިލާރިކޮޅު ނަގާފައި އެމީހާއަށް ދީފައި ބުންޏެވެ. "ތިއައީ މިވަގުތު އަހަރެންގެ އަތުގައި އޮތް މިންވަރެވެ. ދަރިންގެ ފުރާނަ ސަލާމަތްކުރެވޭތޯ އަވަހަށް މަސައްކަތް ކުރާށެވެ!" 

އެމީހާ އެވަގުތު އޭގައި ހިފިއެވެ. އަދި ޖީބުން އެއްޗެއް ނަގާފައި ވަރަށް ސިއްރުން އެމީހާގެ މުށުތެރެއަށް ލައިދީފައި ބުންޏެވެ. "ޞަދަޤާތެއް ދޭން ޙައްޤު މީހަކު ފެނޭތޯ މިތަނުގައި އުޅޭތާ އިރުކޮޅެއް ވެއްޖެއެވެ. ތިއައިން ތިބާއަށް ބޭނުމެއް ފުދޭތޯ ބަލައިލާށެވެ!" އެހެން ބުނުމަށްފަހު އެމީހާ ގޮސް އެތަނުގައި އޮތް ކާރަކަސް އަރައިގެން ދިއައީއެވެ. 

އެމީހާ ދިއުމުން މުށް ހުޅުވާފައި ބަލައިލިއިރު އެމީހާ މުށުތެރެއަށް ލައިދީފައިވަނީ 1000 ދިރުހަމެވެ." 

މީހަކު ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދި ދިއުމުން އެ ބޭނުމެއް ފުއްދައިދެވެން އޮވެމެ އެހީތެރި ނުވެ ހުސްއަތާ އަނބުރައި ފޮނުވައިލަނީ ﷲ ގެ އެހީތެރިކަމަށް ބޭނުން ނުވާ މީހުންނެވެ. އެހެނީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަލާ، އޭނާގެ އަކާގެ އެހީތެރިކަމުގައި ވާހައި ހިނދަކު ﷲ ތައާލާ ވޮޑިގެންވަނީ އެމީހަކަށް ވާގިވެރިވެ ޑިގަތުމުގައެވެ." 

މިކަމުގައި ބައެއް މީހުން ކުރާ ސުވާލެކެވެ. "އޭނާ އެހީއަށް އެދިގެން އައީ ވަރަށް ބޮޑު ކަމެއްގައެވެ. އެވަރުގެ ކަމެއް ކޮށްދެވޭކަށް ނެތެވެ. ދެން ހަދާނީ ކިހިނަކުންތޯއެވެ.؟" 

މީހަކު އެހީއަކަށް އެދިގެން ކިތަންމެ ބޮޑު ކަމެއްގައިވެސް އަތުވެދާނެއެވެ. އެވަގުތު ތިބާއަށް ދިއްކޮށްލެވެން އޮތީ އެންމެ ރިޔާލައެއް ނަމަވެސް އަވަހަށް ހަދިޔާކުރާށެވެ! އެއީ މަތިވެރިވެގެންވާ ޞަދަޤާތެކެވެ. އެހެނީ ދަތިޙާލުގައި އުޅެމުން ކުރާ ޞަދަޤާތުގައި ބަރަކާތް އިތުރުވާނެއެވެ! ވީމާ ކޮންމެހެން އެމީހާ އެދިގެން އައި އައި ކަންތައް އެކުގައި ފުރިހަމަކޮށްދެވެން ނެތިގެން އެހީތެރިނުވެ ނުހުންނާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް