އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިހާރައެއްގަ ބޭއްވުނު ވޮލެޓަކުން ވައްކަންކުރި ދެމަފިރިންގެ ވީޑިއޯ ޢާންމު ފަރާތަކުން ހާމަކޮށްފި

ފިހާރައެއްގަ ބޭއްވުނު ވޮލެޓަކުން ވައްކަންކުރި ދެމަފިރިންގެ ވީޑިއޯ ޢާންމު ފަރާތަކުން ހާމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ފިހާރައެއްގައި ބޭއްވުނު ވޮލެޓަކުން ވައްކަންކުރި ދެމަފިރިންގެ ވީޑިއޯ ޢާންމު ފަރާތަކުން ހާމަކޮށްފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ވޮލެޓް ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި ޢާންމުކޮށްފައިވާ ވީޑިއޯ ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހައިތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. 

ވީޑިއޯގައި ފެންނަ ގޮތުން ދެމަފިރިންނަށް ވޮލެޓް ފެނުނީ ކައުންޓަރުމަތިންނެވެ. ވޮލެޓު ފެނުމުން ފިރިހެން މީހާ ވޮލެޓް ނަގައި އެއިގައި ފައިސާ ހުރިތޯ ބެލުމަށްފަހު އެއިން ފައިސާނަގައި ވޮލެޓް އެމީހާގެ ޖީބަށް ލައެވެ. އަދި އެއިރު އަނބިމީހާ ހުންނަނީ މަންޒަރުބަލާށެވެ.

ފިހާރައަކުން އެފަދަ އެއްޗެއް ފެނިއްޖެ ނަމަ އޮންނަނީ ފިހާރައާއި އެއެއްޗެއް ހަވާލުކުރުމަށެވެ. ނަމަވެސް ފެނިއްޖެ ނަމަ ޖީބަށް ލައިގެން ނުގެންދަން ޤާނޫނެއްގައި ލިޔެވިފައި ނެތް ނަމަ ދެން ވެދާނެ ގޮތަކާއިމެދު ސުވާލު އުފެދެއެވެ. ވޮލެޓުގައި އެމީހާގެ ކާޑުތައްވެސް ހުރުމުން އެއީ އެގެންދިއަ މީހާގެ އެއްޗެއް ނޫންކަން އެމީހާއަށް އެނގޭނެ ކަމަށް ޤަބޫލުކުރެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް