އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައިދީންނާއިމެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލު ހިންގުން މިސަރުކާރުން ހުއްޓުވާނަމެވެ!!

ޤައިދީންނާއިމެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލު ހިންގުން މިސަރުކާރުން ހުއްޓުވާނަމެވެ!!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ރާއްޖޭގެ ޖަލުތަކުގައި ޤައިދީންނާއިމެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލު ހިންގުން މިސަރުކާރުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން ވިދާޅުވީ ފާއިތުވި ދިގު މާޒީއަށް ބެލިނަމަވެސް މިރާއްޖޭގެ ޖަލުތަކުގެ ޙާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެހެންކަމުން މިއީ އެއް ދުވަހަކުން ބަދަލުވެދާނެ ކަމެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަރެކްޝަންގެ އޮފިސަރަކަށް ގައިދީއެއްގެ ފަރާތުން އަނިޔާވެފައިވާ ކަމާއި ބައެއް ގައިދީންނަށް އެކި ވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާ ކަން އަދި އެ މީހުން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމާއި އޭގެ ސަބަބުން އިތުރު އަނިޔާތަކެއް ލިބުނުކަން ބުރާސްފަތި ދުވަހު ކުރި ތަޙްޤީޤުން ފާހަގަކުރެވުނު ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ އަނިޔާވި ގައިދީންނަށް ލަސް ނުކޮށް އެކަށީގެންވާ ފަރުވާ ދީފައިވާ ކަމަށާއި އަދި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ މަައްސަލަ އާއި ގައިދީންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިގަންނަ މައްސލައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން އެކަންކަން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލައިގެ ފުރިހަމަ ތަހުޤީޤެއް ހިންގައި އިހުމާލުވީ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. ބުނެފައިވެއެވެ. މީގެ އިތުރުން .މިފަދަ އަމަލުތައް މިފަދަ އަމަލުތައް އިތުރަށް ތަކުރާރު ވިއަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަނކަން އެމިނިސްޓްރީން ދޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މިއަދު ހެނދުނު ވަނީ މަޖިލީހުގެ ކޮމީޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެކަން ހިނގާދިޔަގޮތް ދިރާސާ ކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު މެންދުރުފަހު 14:00 ގައި ބާއްވަން ވެސް ވަނީ ހަމަ ޖައްސައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް