އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕަބްޖީއަކީ ޙަރާމް ގޭމެއް ކަމުގައި އިންޑޮނޭޝިއާގެ ޝެއިޚުން ވިދާޅުވެއްޖެ

ޕަބްޖީއަކީ ޙަރާމް ގޭމެއް ކަމުގައި އިންޑޮނޭޝިއާގެ ޝެއިޚުން ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ދުނިޔޭގެ އެތައް ބަޔަކު ވަރަށް ފޯރިއާއެކު ކުޅެމުން އަންނަ އޮންލައިން ގޭމް "ޕްލެޔަރ އަންނޯންސް ބެޓްލް ގްރައުންޑްސް" (ޕަބްޖީ) އަކީ، މުސްލިމުން ކުޅެން ވާނެ ގޭމެއް ނޫން ކަމުގައާއި އެއީ ޙަރާމް ގޭމެއް ކަމުގައި އިންޑޮނޭޝިއާގެ ޝެއިޚުން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު އެޤައުމުގެ ބައެއް ޝެއިޚުން ދެއްވި ފަތުވާއެއްގައި ވިދާޅުވެފައިވަނީ، ޕަބްޖީ ގޭމަކީ އިސްލާމްދީނަށް ގޮންޖަހާ، އިސްލާމީ މިންގަނޑުތަކާއި ޚިލާފު އަދި އެގޭމު ކުޅޭ މީހުންނަކީ ހަރުކަށި ބައެއް ކަމުގައިހަދާ ބައެއް ކަމަށެވެ.

ޕަބްޖީ އާއި ބެހޭގޮތުން ފަތުވާއެއް ނެރެފައިވަނީ އިންޑޮނޭޝިއާގެ އަސޭ އަވަށުގައެވެ. މިފަތުވާ ނެރުނުއިރު، ޕަބްޖީއަކީ ހަމަނުޖެހުން އުފައްދާ ގޭމެއް ކަަމަށް ކަނޑައަޅާ، ނޭޕާލް، އިންޑިއާ އަދި އިރާޤުން ވަނީ އެޤައުމުތަކުގައި މިގޭމު ކުޅުން މަނާ ކޮށްފައެވެ.

ޕަބްޖީ އަކީ "ދަ ހަންގަރ ގޭމްސް" ކިޔާ ފިލްމަކާއި ވެސް ކޮންމެވެސް ވަރަކަށް ގުޅުން ހުރި ގޭމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި މިގޭމުވެފައިވަނީ މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ ބަޔަކު ކުޅެފައިވާ ގޭމެއް ކަމުގައެވެ.

އަސޭ ޗެޕްޓާ މުސްލިމްސް ގެ އުލީމާ ކައުންސިލުން ނެރުނު ފަތުވާގައި ބުނެފައިވަނީ ޕަބްޖީއަކީ އިސްލާމްދީނާއި ޚިލާފު ގޭމަކަށްވެފައި، ހަމަނުޖެހުން އިތުރުކުރާ ގޭމަކަށްވާތީ، އިންޑޮނޭޝިއާ ސަރުކާރުން މިކަމާއިމެދު ފިޔަވަޅު އަޅައި، އެޤައުމުގައި މިގޭމު ކުޅުން މަނާކޮށް، ޕަބްޖީ ކުޅޭ މީހުންނާމެދު ހަރުކަށި ފިޔަވަޅުވެސް އަޅަން ޖެހޭ ކަމަށެވެ.ކައުންސިލުން ބުނެފައިވަނީ މިފަދައިން ފަތުވާ ނެރުނު ކަމުގައިވިޔަސް، އެއަށް އަމަލު ކުރަން ފަށާނީ ދައުލަތުން ކަމަށެވެ.

"މީހުންގެ އުޅުން ބަދަލުވެ އެމީހަކީ ހަރުކަށި މީހެއް ކަމުގައި ބަދަލުކުރުވާތީ، ޕަބްޖީ އަކީ ހަރާމް އެއްޗެކެވެ. އޭގެ އިތުރުން އެގޭމަކި އިސްލާމްދީނަށް ހަޖޫޖަހާ ގޭމެއް ކަމުގައިވެސް މިފަތުވާގައިވެއެވެ." ޑެޕިއުޓީ ޗެއާމަން އޮފް ދަ އަސޭ އުލީމާ ކައުންސިލް، ފައިސަލް އަލީ ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ