އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ފަޤީރަކީ މިލިއަނުން ޚަރަދުކޮށްގެން ބޮޑެތި ގެތައް އެޅިނަމަވެސް މިސްކިތެއް ނުއެޅި މީހާ!: ޝައިޚް ޝަފްޔަތު މުޙައްމަދު

އެންމެ ބޮޑު ފަޤީރަކީ މިލިއަނުން ޚަރަދުކޮށްގެން ބޮޑެތި ގެތައް އެޅިނަމަވެސް މިސްކިތެއް ނުއެޅި މީހާ!: ޝައިޚް ޝަފްޔަތު މުޙައްމަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ދުނިޔޭގައި އުޅެ ނިމިދާ ބައެއް މިލިއަނަރުންނާއި ބިލިއަނަރުން އެމީހުން ދުނިޔޭގައި ދިރިއުޅުމަށްޓަކައި އެތައް ސަތޭކަ މިލިއަނުން ޚަރަދުކޮށްގެން ބޮޑެތި ގެތައް އަޅައެވެ. ނަމަވެސް މިސްކިތެއް ނުއަޅައެވެ. އަހުރެންގެ ކުރިމަތީގައި އެފަދަ މީހުންނަކީ އެންމެ ބޮޑެތި ފަޤީރުންނެވެ. 

އެހެނީ އެމީހުން ދުނިޔޭގައި ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ކިތަންމެ ބޮޑު ގެއެއް އެޅިނަމަވެސް އެކަމުގެ ސަބަބުން ޢާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ. މަޙްޝަރު މައިދާނަށް ދާން ޖެހޭނީ ހުސްއަތާއި ކަމަށްވާތީއެވެ. އެހެން މިބުނަނީ އޭނާ އެޅި ގޭގެ ސަބަބުން އޭނާއަށް ލިބޭނެ އެއްވެސް ސަވާބެއް ނުއޮންނާނެތީއެވެ. ނަމަވެސް މިސްކިތެއް އަޅައިފިނަމަ އެމީހާ މަރުވެގެން ކައްވަޅުގައި އޮތް ނަމަވެސް އެމީހަކަށް ދާނީ އެކަމުގެ ސަބަބުން ސަވާބުއިތުރުވަމުންނެވެ. އެވަރުންވެސް ނިމެނީއެއް ނޫނެވެ. ﷲ ތަޢާލާއަށްޓަކައި މިސްކިތެއް އަޅައިފިނަމަ އެމީހަކަށްޓަކައި ﷲ ތަޢާލާ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެތެވެ. 

ވީއިރު މިލިއަނުން ޚަރަދުކޮށްގެން ގަނޑުވަރުތައް އަޅަންވީ މިދުނިޔޭގައި ހޭދަކުރާ މަދު ވަގުތު ކޮޅު އަރާމުގައި ދުނިޔޭގައި އުޅެން ހެއްޔެވެ؟ ނޫނީ ސުވަރުގެއިން ގަނޑުވަރެއް ލިބިގަތުމަށް ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެންނަށް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނު ނަމަވެސް ދުނިޔޭގައި އުޅެން އަޅާނީ ކިރިޔާ ބޯހިޔާވަހިކަން ލިބޭވަރުގެ ކުޑަކުޑަ ގެއެކެވެ. ގެއަޅަން ން އަތުގައި ހޭދަކުރެވެން ހުންނަ ހުރިހާ ފައިސާއެއް ހޭދަކުރާނީ މިސްކިތްތައް އެޅުމަށެވެ. މަދުރަސާތައް އެޅުމަށެވެ. އަހަރެން އުންމީދުކުރާ ދާއިމީ ހަޔާތް އިތުރަށް ފުރިހަމަކުރުމަށްޓަކައެވެ. 

މީސްތަކުންނޭވެ! މިސްކިތެއް މަދުރަސާއެއް އަޅަން ހޭދަ ކުރެވެން ނެތް މީހުން ވެސް އަތް އުރާލައިގެން ނުތިބޭށެވެ. މަދުރަސާތަކާއި މިސްކިތްތައް އަޅައިދެވޭ ވަރުގެ މީހުންނަށް އެކަން ކުރަން ހަނދާންކޮށްދީ ހިތްވަރުދީ މަގުދައްކަން މަސައްކަތްކުރާށެވެ! އެމީހަކު ކުރި މަސައްކަތަކަށް އެމީހަކަށް ޙައްޤު މިންވަރަށް ސަވާބު ދެއްވަވާނެތެވެ. 

ސްކޫލްމަދުރަސާތަކުގެ އިތުރުން ފަޤީރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރާ އިމާރާތުގެ ސަބަބުން ވެސް އެމީހަކަށް ސަވާބު އިތުރުވަމުންދާނެތެވެ. މީސްތަކުންނަށް ށާފު ބޯފެން ލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް މަރުވުމަށްފަހުގައިވެސް ސަވާބު އިތުރުވަމުންދާނެއެވެ. 

އަދިވެސް ވިސްނާށެވެ! ޞަދަޤާތްކުރަންވީ ނުވަތަ ﷲ ތައާލާގެ މަގުގައި ހޭދަކުރަންވީ ކެންސަރު ނުވަތަ އެނޫންވެސް ބޮޑު ބައްޔެއްޖެހި ދެން މިމަރުވަނީކަން ޤަބޫލުކުރެވުމަކުން ނޫނެވެ. މަރުގެމަލާއިކަތާ ވަޑައިގެން ދޮރުގައި ޓަކި ޖެއްސެވުމަކުން ނޫނެވެ. މާނައަކީ ދެން މި މަރުވަނީކަން އެނގުމަކުން ނޫނެވެ. ސަލާމަތް ޞިއްޙަތުގައި ހުރެއެވެ. ޞަދަޤާތުގެ ފައިދާ އިތުވެ ދެމިގެންދާނީ އެއިރުންނެވެ. 

- ޝައިޚް ޝަފްޔަތު މުޙައްމަދުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް