އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާ ކިޔުމާ ދުޢާ ކުރުމަކީ ދެކަމެއް! ދުޢާ ކިޔާ މީހުންގެ ދުޢާ އިޖާބައެއް ނުކުރައްވަވާނެ!

ދުޢާ ކިޔުމާ ދުޢާ ކުރުމަކީ ދެކަމެއް! ދުޢާ ކިޔާ މީހުންގެ ދުޢާ އިޖާބައެއް ނުކުރައްވަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މީސްތަކުންގެ ތެރެއިން އެއް ބައަކީ ދުޢާ ކިޔާ މީހުންނެވެ. އެމީހުން ހަދާ ގޮތަކީ ފޮިތެއް ނަމަވެސް ކަރުދާސްގަނޑެއްނަމަވެސް ނޫންނަމަ ކޮންމެވެސް އެއްޗެއް ބައިގެން ދުޢާތައް ކިޔަނީ އެވެ. އެކަންކުރާއިރު އެންމެ ކުޑަމިނުން ކުރަނީ ކީއްކަންވެސް ހިތަކަށް ނާރުވައެވެ. ތިބެނީ ހިތަށް ކޮންމެވެސް އެހެން ކަންތައްތަކެއް އަރުވައި އެކންކަމަށް ޣާފިލުވެގެންނެވެ! އަދި ދުޢާތައް ހިތުދަސް މީހުންވެސް މިފަދައިން ޣާފިލުކަންމަތީގައި ތިބެ ދުޢާ ކިޔައެވެ. 

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ދުޢާކުރުމަކީ އެގޮތަށް ކުރަން އޮތް ކަމެއް ނޫނެވެ. ދުޢާކުރުމަށްޓަކައި މީހާގެ ހިތް އެކަމަށްޓަކައި ޚާއްޞަކުރަންޖެހޭނެއެވެ. ހިތަށް މަޑުމޮޅިކަން ގެންނަން ޖެހޭނެއެވެ. މިކުރެވޭ ދުޢާއަށް ސަމާލުކަންދީ ހިތްމައްޗަށް ދުޢާ ގެންނަން ޖެހޭނެއެވެ. ޢަރަބި ބަހުން ދުޢާ ކުރާނަމަ ދުޢާގެ މާނަ ހިތްމައްޗަށް ގެންނަން ޖެހޭނެއެވެ. އަދި ދުޢާކޮށް ނިމިގެން ދުޢާ އިޖާބަކޮށްދެއްވެވުން އެދިވެސް ދުޢާކުރާށެވެ! 

މީސްތަކުންނޭވެ! ދުޢާ ކުރުމަކީ ކަމަކަށް އެދި ﷲ ތައާލާގެ ޙަﷲްރަތުގައި ދެންނެވުމެވެ. ވީމާ އެދޭ ކަންތައް ނުވަތަ ކަންތައްތައް ހިތް މައްޗަށް ނުގެނެވޭނަމަ ދުޢާކުރިކަމަށްވާނީ ކިހިނަކުން ހެއްޔެވެ؟ މީހަކު ބުނީތީ ލިޔުމެއް ކިޔައިލާ އުޞޫލުން އެއްވެސް ސަމާލުކަމެއް ނުދީ އެއްޗެއް ކިޔައިލުމަކީ ދުޢާކުރަން އޮތް ގޮތެއް ނޫނެވެ! 

ހިތް އެހެންތަނެއްގައި ބާވައިގެން، އެހެންކަމަކަށް ޣާފިލުވެގެން ހުރެ ކުރާ ދުޢާ އިޖާބަ ނުކުރައްވަވާނެ ކަމަށް ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މިއީ އަހަރެމެން ކޮންމެ މީހަކުވެސް ދުޢާކުރާއިރު ވަރަށް ބޮޑަށް ސަމާލުިކަން ދޭން ޖެހޭނެ ކަމެކެވެ. 

- އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް