އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ދިނުމަށް ނައިބް ރައީސް އިލްތިމާސް ކުރައްވައިފި

ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ދިނުމަށް ނައިބް ރައީސް އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ. 

ފައިޞަލް ވިދާޅުވީ ކޮންމެ ޤައުމެއްވެސް ކުރިއަރައިގެންދަނީ ބޭރު މީހުންނާވެސްއެކުގައި ކަމަށާއި ބއެހެންނަމަވެސް، "އަޅުގަނޑުމެންގެ ޒުވާނުންނަށް، އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތައް، އެބައިމީހުންގެ މައްޗަށް ދޫކޮށްލުމަކީ އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން" ކަމަށެވެ.  އަދި އެކަމަކީ ޤައުމެއްގެ ޙަޔާތަށް، ޤައުމެއްގެ ކުރިއެރުމަށް އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ވެސް ނޫން ކަމަށެވެ. 

"އަޅުގަނޑުމެން މިއަދު މުޅި ޤައުމުގެ ރައްޔިތުންގެ ޝަކުވާތަކަށް ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ ހުރިހާ އެންމެންނަށްވެސް ލިބޭ އެއް ޝަކުވާއަކީ، ދިވެހިރާއްޖޭގެ އާބާދީއާއި، ވަޒީފާގެ ޢަދަދުތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި އުޅެންނުޖެހޭ މިންވަރަށް ބިދޭސީން އުޅޭ ވާހަކަ." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ މި ތަފާތު އެކި ދަތުރުތަކުން، އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް ދަތުރުތައްކޮށް، ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން، ވަރަށްގިނަ ޝަކުވާތައް، އެކިއެކި ރައްޔިތުންގެ ފަރާތުން، ޒުވާނުންގެ ފަރާތުން އަބަދުވެސް ލިބެމުންދޭ. އާދެ، މި ފުރްޞަތުތައް ހަނި ވާހަކަ. އަޅުގަނޑުމެންނަށް ހަމައެކަނި ޒުވާނުން މިއަދު، އެ ޒުވާނުން ވަކި ވަޒީފާތަކެއްގައި ނޫޅޭތީވެ، ހަމައެކަނި ޒުވާނުން ކުށްވެރިކުރާ އުޞޫލުން އަޅުގަނޑުމެންނަކަށް ވާހަކައެއް ނުދެއްކޭނެ. އަޅުގަނޑުމެންގެ ޒިންމާ އަޅުގަނޑުމެންވެސް އަދާކުރަން އެބަޖެހޭ. ސަރުކާރެއްގެ ޒިންމާ، ސަރުކާރުންވެސް އަދާކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ފައިޞަލް މިމޭރުމުން ވިދާޅުވެފައިވަނީ "ހުނަރުވެނި 2019"ގ މަޢްރަޒް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް