އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައެއް ރަށްތައް ޚާއްޞަ މަސައްކަތްތަކަށް ބްރޭންޑް ކުރެވިފައި އޮންނައޮތުން ގެއްލިގެންދާތީ ނައިބް ރައީސް ކަންބޮޑުވުން ފައުޅުކުރައްވައިފި

ބައެއް ރަށްތައް ޚާއްޞަ މަސައްކަތްތަކަށް ބްރޭންޑް ކުރެވިފައި އޮންނައޮތުން ގެއްލިގެންދާތީ ނައިބް ރައީސް ކަންބޮޑުވުން ފައުޅުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ރާއްޖޭގެ ބައެއް ރަށްތަކަކީ އެރަށެއްގެ ނަން އިވުމުން އެއީ ވަކި މަސައްކަތަކަށް ޚާއްޞަ، ބްރޭންޑް ކުރެވިފައިވާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިުމުމަކަށް އަންނާތީ ރައީސުލްޖުމްހޫރިއްޔާގހެ ނައިބް ފައިޞަލް ނަސީމް ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ. 

ފައިޞަލް ނަސީމް ވިދާޅުވީ ޒަމާންތަކެއް ކުރިއަށް ވިސްނައިފި ނަމަ، އެ ރަށެއްގެ ނަން ބުނުމުން އެއީ ވަކި ބްރޭންޑެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެމުންދިއަ ރަށްތަކެއް ރާއްޖޭގައި ހުރި ކަމަށެވެ. ނަމަވެސް މިއަދު މިދަނީ އެކަންތައްވެސް ނެތެމުން ކަމަށެވެ. 

"ރާއްޖޭގެ ވަކިވަކި ރަށްތަކެއް ހުރޭ، ތަފާތު އެކި ހުނަރުތަކާއި ފަންނުތަކުން އެ ރަށްތަކާއި އެ ރަށްތަކުގެ ޒުވާނުން އަދި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ، މި ދެންނެވި ރަށްތަކުންވެސް މިއަދު ދަނީ މިކަންތައް ބީވަމުން. އާދެ، ޒުވާނުންގެ ޝައުޤުވެރިކަން، އެކަންތައްތަކަށް ކުޑަވެގެންދިއުމަކީ އެއީ އަޅުގަނޑުމެންނަށް މިއަދު ދިމާވެފައި އޮތް ގިނަގުނަ ގޮންޖެހުންތަކެއް. އެއީ އަޅުގަނޑުމެން ޙައްލުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމެއް. ޙަޤީޤަތަކީ ޤައުމެއްގައި އުފެދިފައި އޮންނަ މިފަދަ ހުނަރުތައް، މިފަދަ މަސައްކަތްތެރިކަން، ޤައުމެއްގެ ޒުވާނުންގެ އަތްމަތިން ބީވެ ގޮސްފި ކަމަށްވަންޏާ، ދެން އެކަންތައް ބަދަލުވެގެންދާނީ، މުޅިން އެހެން ބައެއްގެ އަތްމައްޗަށްކަން." 

ފައިޞަލް މިމޭރުމުން ވިދާޅުވެފައިވަނީ "ހުނަރުވެނި 2019"ގ މަޢްރަޒް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. 

ފައިޞަލް މިމޭރުމުން ވިދާޅުވެފައިވާއިރު ލިޔެލާޖެހުން ފަދަ މަސައްކަތްތައް ހުއްޓިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އެޒާތުގެ ތަކެތި ދަށު ފެނވަރުގައި ހެޔޮ އަގުިގައި އުފައްދައިގެން ރާއްޖެއަށް އެތެރެކުރެވޭތީ ރާއްޖޭގެ އުފެއްދުންތަކަށް އެކަށީގެންވާ އަގެއް ނުލިބުމެވެ. މި މައްސަލަ މަސައްކަތްތެރިން ޚާއްޞަކޮށް ތުޅާދޫ މަސައްކަތްތެރިން މި މައްސަލަ ފާހަގަކުރަމުން ގެންދާތާ އެތައް އަހަރެއްވީނަމަވެސް އަދިވެސް އެކަށީގެންވާ ޙައްލެއް ހޯދިފައި ނުވާކަން މަސައްކަތްތެރިން ގެންދަނީ ފާހަގަކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް