އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުން އޮއްގަލުން ތަޅާ މެރުމަށް ލަންކާގެ ހާމުދުރަކު ގޮވާލައިފި

މުސްލިމުން އޮއްގަލުން ތަޅާ މެރުމަށް ލަންކާގެ ހާމުދުރަކު ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

ޝްރީ ލަންކާގައި ދިރިއުޅޭ މުސްލިމުން އޮއްގަލުން ތަޅާ މެރުމަށް އެޤައުމުގެ ހާމުދުރަކު ގޮވާލުމުން، ލަންކާގެ މުސްލިމުން އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

 

ލަންކާގެ ހާމުދުރެއް ކަމަށްވާ ވަރަކަގޯޑާ ޝްރީ ނަރަތަނަ ތީރޯ ބުނެފައިވަނީ މުސްލިމު ޑޮކްޓަރެއް 4000 އަށްވުރެ ގިނަ ބުދިސްޓު އަންހެނުންނަށް ދަރިން ނުލިބޭގޮތް ހަދާފައިވާކަމަށެވެ.

 

ވަރަކަގޯޑާ މިފަދަ ތުހުމަތުތަކެއް މިދިޔަ ހަފްތާގައި ކޮށްފައިވާއިރު، އޭގެ ދެ ހަފްތާއެއްވަރު ކުރިން ބުދިސްޓުންތަކެއް ވަނީ އެތައް ހާސް މުސްލިމުންގެ ގެތަކާއި ވިޔަފާރި މުދާތަކަށް ގެއްލުންދީ ރޯކޮށްލާފައެވެ.

 

ލަންކާއަށް އައިއެސް އިން މިދިޔަ އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާގެ ސަބަބުން، އެޤައުމުގެ ސަރުކާރުން ވަނީ އެހަމަލާ ހިނގަން މެދުވެރިވީ ލަންކާގެ ދެ މުސްލިމު ގްރޫޕެއްގެ ސަބަބުންކަމަށް ބުނެ އެމީހުން ކުއްޥެރިކޮށްފައެވެ. މުސްލިމުންނަށް ހަމަލާ ދީފައިވަނީ އެތުހުމަތުތަކަށްފަހުއެވެ.

 

ބޮމުގެ ހަމަލާއަށްފަހު ހަމަނުޖެހުންތަކާއި، މުޒާހަރާ ކުރުމާއި އެކި ތަންތަނަށް ހަމަލާ ދިނުމުން ރަނގަޅަށް ޝްރީ ލަންކާއިން އަރައިނުގަނެވިގެން އުޅެނިކޮށް، ވަރަކަގޯޑާ ދަނީ މުސްލިމު އެޑޮކްޓަރު 4000 އަށްވުރެ ގިނަ ބުދިސްޓު އަންހެނުންނަށް، ދަރިން ނުލިބޭ ގޮތް ހަދާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ސިއްރުން ކަމަށް ވެސް ބުނެ ތުހުމަތު ކުރަމުންނެވެ.

 

"އަހަރުމެންގެ ތެރެއިން ބައެއް އަންހެނުން (ބުދިސްޓު އަންހެނުން) ވެސް ބުނެފައިވަނީ އެމުސްލިމު ޑޮކްޓަރާއި ޑޮކްޓަރުފަދަ އެހެން މީހުން (މުސްލިމުން) އޮއްގަލުން ތަޅާ މަރަން ޖެހޭ ކަމަށް. މިއީ އަހަރެން ދައްކާ ވާހަކައެއް ނޫން. އެކަމަކު އެކަން އެހެން ކުރަން އަހަންނަށް ވެސް ފެނޭ" ވަރަކަގޯޑާ ބުނެފައިވެއެވެ.

 

މީގެއިތުރުން އެހާމުދުރުކަލޭގެ ވަނީ، މުސްލިމުން ހިންގާ ރެސްޓޯރަންޓުފަދަ ތަންތަނުން ކެއިން ބުއިން ވެސް ހުއްޓާލުމަށް ގޮވާލާ، މުސްލިމުންނާއިމެދު ވަރަށް ބޮޑަށް ފިތުނަ އުފައްދާފައެވެ.

 

"މުސްލިމުން ހިންގާ ފިހާރަތަކުންނާއި ރެސްޓޯރަންޓުތަކުން ކައިބޮއެ ނުހަދާ. އެތަންތަނުން ކައިބޮއެ ހެދި މީހުންނަށް މުސްތަގުބަލުގަ ދަރިން ނުލިބޭނެ" އަސްގިރިޔާ ޗެޕްޓާ ގެ އެންމެ މަތީ ހާމުދުރޭ ވަރަކަގޯޑާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ