އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތްވެސް ނުލާ ހަތްސަތޭކަ އޮޑިޓް ރިޕޯޓް އެބައޮތް! އޮޑިޓް ރިޕޯޓްތަކަށް ފިޔަވަޅު އަޅާކަން މާލިއްޔަތު ކޮމިޓީން ކަށަވަރުކުރާނެ!

އަތްވެސް ނުލާ ހަތްސަތޭކަ އޮޑިޓް ރިޕޯޓް އެބައޮތް! އޮޑިޓް ރިޕޯޓްތަކަށް ފިޔަވަޅު އަޅާކަން މާލިއްޔަތު ކޮމިޓީން ކަށަވަރުކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުގައި އިޞްލާޙްކުރުމަށްޓަކައި އަޅަން ޖެހޭނެ ކަމަށް ފާހަގަކޮށްފައި ހުންނަ ފިޔަވަޅުތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަށަވަރުކުރަމުން ގެންދާނެ ކަމަށް މާލިއްޔަތު ކޮމިޓީން ބުނެފިއެވެ. 

މާލިއްޔަތުގެ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ވިދާޅުވީ އެއްވެސް ފިޔަވަޅެއް ނުއެޅި އެތައް ސަތޭކަ އޮޑިޓް ރިޕޯޓެއް އޮތް ނަމަވެސް 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަޅައިނުލައި ނުތިބޭނެ ކަމަށެވެ. އެކަމާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މުއައްސަސާތަކުން ފިޔަވަލު އަޅާކަން ވެސް ކޮމިޓީން ބަލަމުން ގެންދާނެ ކަމަށެވެ. 

ނާޝިޒް ވިދާޅުވީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 700 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓް، އަތްވެސް ނުލައި މާލިއްޔަތު ކޮމިޓީގައި އެބައޮތް ކަމަށެވެ. އެހެންކަމުން ފާއިތުވެގެން ދިއަ ދުވަސްތަކުގައި މާލިއްޔަތު ކޮމިޓީން ރިޕޯޓްތައް ނުބެލި ނަމަވެސް މިހާރު އެ ރިޕޯޓްތައް ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޚިޔާޤނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ވަރަށް ގިނަ މައްސަލަތައް ފާހަގަކޮށްފައި އެބަހުރި ކަމަށެވެ.  

ނާޝިޒް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް މިހައި ފުޅައު ދާއިރާއެއްގައި ހިނގައި ދިއައީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައްސަލަތައް ނުބަލައި އަޅައި ނުލައި ދޫކޮށްލާފައި އޮތުމުން ކަމަށެވެ. 

ސަރުކާރު ބަދަލުވެ މަޖިލީހުގެ ރައީސްކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ރިޔާސަތުގައި މަޖިލިސް ހިންގި ކުރު މުއްދަތުގައި ގިނަ އަދަދެއް އޮޑިޓް ރިޕޯޓްތައް ދިރާސާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް