އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޔުނިވަރސިޓީގެ ބިލަށް ސަރުކާރުން ހުށަހެޅި އިޞްލާޙަށް ބަހުސް ކުރަން ބޭނުންވި މެންބަރަކު ނެތް!

އިސްލާމީ ޔުނިވަރސިޓީގެ ބިލަށް ސަރުކާރުން ހުށަހެޅި އިޞްލާޙަށް ބަހުސް ކުރަން ބޭނުންވި މެންބަރަކު ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހެޅުއްވި އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަން ބޭނުންވި މެންބަރަކު މަޖިލީހުގައި ނެތުމުން ބިލުގެ އިބްތިދާއީ ބަހުސް ކުރިއަކަށް ނުގެންދެއެވެ.

ބިލް ހުށަހެޅުއްވި އުނގޫފާރުދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ފާހަގަކުރެއްވީ އިސްލާމީ ޔުނިވަރސީޓީން ހިންގާ ކޯސްތަކުގެ ތެރޭގައި ޤައުމީ ޔުނިވަރސީޓީން ހިންގާ ކޯސްތައް ވެސް ހިމެނޭ ކަމަށެވެ. އަދި ކިޔަވަނީ 2000 ވަރަކަށް ދަރިވަރުން ކަމެވެ. އިސްލާމީ ޔުނިވަރސިޓީގެ ބޭނުންތެރިކަމާއި ޤައުމީ ޔުނިވަރސިޓީއަށްވުރެ މިހާރުވެސް ބައެއް ދާއިރާތަކުން ކުރިއަރާފައިވާއިރު އެފަދަ އެއްވެސް ކަމެއް ފާހަގަކުރައްވާފައެއް ނުވެއެވެ.

މުހައްމަދު ވަހީދު ވިދާޅުވީ އިޞްލާޙް ހުށަހަޅުއްވަނީ އިސްލާމީ ޔުނިވަރސިޓީގެ މިހާރު ގާނޫނު އޮތް ގޮތުން އިސްލާމީ ޔުނިވަސިޓީއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށާއި އަދި ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހައި ބޮޑަށް އެއްގޮތް ކުރަން ކަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ އެންމެ 2 އަހަރުގެ ކުރު މުއަދަތެއްގައި ދުނިޔޭގެ ފެންވަރުގައި ކުރިއެރުންތައް ހޯދާފައިވާ ޔުނިވަރސިޓީއެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ޕީއެޗްޑީ ކޯސްތައް މިހާރުވެސް އެ ޔުނިވަރސިޓީގައި ވަނީ ހިންގަން ފަށާފައެވެ. ރާއްޖޭގައި ހިންގާތާ އެންމެ ދުވަސްވީ ޔުނިވަރސިޓީ، ޤައުމީ ޔުނިވަރސިޓީގައި ޕީއެޗްޑީ ކޯސްތައް ފެށީވެސް މީގެ 2 އަހަރެއްހައި ދުވަސް ކުރިންކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް