އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖުކޯޕަރޭޝަނުން ހައްޖަށްގެންދިއުމަށް ނަގާފައިސާ އެ ކޯޕަރޭޝަންގައި ނެތްކަމަށް ތުހުމަތުކޮށްފި!

ހައްޖުކޯޕަރޭޝަނުން ހައްޖަށްގެންދިއުމަށް ނަގާފައިސާ އެ ކޯޕަރޭޝަންގައި ނެތްކަމަށް ތުހުމަތުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައްޖަށްގެންދިއުމަށް ރައްޔިތުންގެ އަތުން ނަގާ ފައިސާ އެ ކޯޕަރޭޝަންގައި ނެތްކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތުހުމަތުކުރައްވައިފިއެވެ.

އިލްޔާސް ލަބީބު މިހެން ވިދާޅުވީ ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް މިހާރު ކަނޑައަޅާފައިވާ އަދަދު ބޮޑުކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. 

އިލްޔާސް ލަބީބު ވިދާޅުވީ، ސަރުކާރުން އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނުން މިހާރުވެސް 200 މީހުންގެ އަތުން ހައްޖަށްދާން ފައިސާ ނަގާފައިވާއިރު އެއަދަށް މީހުން ހައްޖަށް ފޮނުވޭވަރަށް އެ ކޯޕަރޭޝަންގައި ފައިސާ ނެތްކަމަށާއި މިއަހަރު އަދި އަންނަ އަހަރުވެސް އެމީހުން ހައްޖަށް ފޮނުވެން ނެތްކަމަށެވެ. އަދި އިތުރު މީހުންގެ އަތުން ފައިސާ ނަގައިގެން މިހާރު ހައްޖަށް ފޮނުވަމުންދަނީ މީގެ ކުރިން ފައިސާ ދައްކާފައިވާ މީހުން ކަމަށާއި، އެއީ އިންސާފެއް ނޫން ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ހައްޖުކޯޕަރޭޝަނުން ހިންގާފައި ވަނީ ވަރަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށާއި، ރައްޔިތުންގެ އަތުން ނަގަމުންދާ ފައިސާއަށް ވީގޮތް ބަލައި ތަހުގީގުކުރުމަށް އިލްޔާސް ލަބީބު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުނަށް ހައްގުގޮތުގައި ހައްޖަށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަޖިލީހުން މަސައްކަތްކުރަން ޖެހޭނެކަމަށް ވެސް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު