އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ލީޑިން ޓީޗަރެއް ހައްޔަރުކޮށް، ބަންދަށް ދިހަ ދުވަސް ޖަހައިފި

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ލީޑިން ޓީޗަރެއް ހައްޔަރުކޮށް، ބަންދަށް ދިހަ ދުވަސް ޖަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މެދުރާއްޖެތެރޭ ރަށެއްގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި އެސްކޫލްގެ ލީޑިން ޓީޗަރެއް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދުގެ މުންދަތައް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިމަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 46 އަހަރުގެ، ދިވެހި ފިރިހެން ޓީޗަރެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އެސްކޫލުގެ އަންހެން އަދި ފިރިހެން ދަރިވަރުންތަކަކާއި ވެސް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ ހައްޔަރުކުރި ލީޑިން ޓީޗަރު ގެ މައްސަލަ 23 ޖޫން ވީ އާދީއްތަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ވެސް ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ