އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ރިނބުދޫ ކައުންސިލުން އެދިއްޖެ!

ރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ރިނބުދޫ ކައުންސިލުން އެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ފަތުރުވެރިކަން ރަށުގައި ތަރައްޤީ ކުރެވޭނެ މަގުފަހިކޮށްދެއްވުމަށް ރިނބުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިހު އެދިވަޑައިގެންފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޯތި ގެދޮރުގެ މައްސަލައާއި، އިޖްތިމާޢީ މައްސަލަތައް ޙިއްޞާ ކުރެއްވިއެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ފަތުރުވެރިކަން ރަށުގައި ތަރައްޤީ ކުރެވޭނެ މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރަށަށް ކުރިމަތިވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހޯދުމަށާއި ރަށަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލުން ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސުކޫލުގައި އުގަންނައިދިމުގެ ތެރެއިން ދަރިވަރުންނަށް އުފާވެރި ޙަޔާތެއް ބިނާކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ބޭނުންވާ ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރާއްވަވައިގެން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު