އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ހާހަކުން ސުވަރުގެ ވައްދަވާ އެންމެ މީހާގެ ތެރޭގައި ތިމާ ނުހިމެނި ހިނގައިދާނެ ސަބަބަށް ބިރުވެތިވާށެވެ!

ކޮންމެ ހާހަކުން ސުވަރުގެ ވައްދަވާ އެންމެ މީހާގެ ތެރޭގައި ތިމާ ނުހިމެނި ހިނގައިދާނެ ސަބަބަށް ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ގަޑިން  މެންދުރު 12.20 އެވެ. މެންދުރު ނަމާދަށް ބަންގި ގޮވަނީ 12.25 ގައެވެ. ކުއްލިއަކަށް ލިބުނީ ފޯން ކޯލެކެވެ. ވިޔަފާރީގެ ބޭނުމަކު 12.30 ގައި މީހަކު ތިބާ އާއި ބައްދަލުކުރަން އަންނަ ވާހަކައެވެ. ނޫން ނަމަ ލިބުނީ ލޯބިވެރިޔާގެ ފޯނުކޯލެކެވެ. 

ނިކަން ބުނެބަލާށެވެ! ﷲ އަށްޓަކައި ތެދުބަހުން ތިބާ ޖަވާބުދީބަލާށެވެ! ތިބާ އެވަގުތު ދާނީ ޖަމާއަތުގައި ބައިވެރިވާން މިސްކިތަށް ހެއްޔެވެ؟ ނޫނީ ވިޔަފާރި ޑީލް ނިންމާލަން މަޑުކުރާނީ ހެއްޔެވެ؟ ނޫންނަމަ ލޯބިވެރިޔާ އާއިއެކު އެވަގުތުކޮޅު ހޭދަކޮށްލާނީހެއްޔެވެ؟ އެއް ވަގުތެއްގައި ކުރަން އޮތީ 3 ކަމެކެވެ! 

އަހަރެން ޔަޤީން ކަމާއިއެކު ބުނެފާނަމެވެ. މިއަދު މިފެންނަ ޙާލަތުގައި "މިދަނީ ނަމާދަށް! ފަހުގެ ވަގުތެއްގައި ގުޅައިލާ! ނޫނީ ނަމާދުން އައިސް އެބަ ގުޅައިލަން!" ބުނެ ނަމާދަށް ދާނީ 100 އަކުން ގިނަވެގެން 2 މީހުންނެވެ. ވީއިރު އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށް މިއޮތީ ކޮން ލޯތްބެއް ހެއްޔެވެ؟ ކޮން ބިރުވެތިކަމެއް ހެއްޔެވެ؟

މިއަދު 98 އިންސައްތަ މީހުން ނަމާދަށް ދަނީ ޖަމާއަތަށް ދިއުމުން ﷲ ތަޢާލާ ދެއްވަވާ ގިނަގުނަ ސަވާބަށް ބަލައި، ސަވާބު އެދިގެނެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ދުނިޔަވީ ގޮތުން މަންފާ ކުރާނެ ކަމެއް އެވަގުތު ކުރަން ނެތުމުންނެވެ! ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ޙަޤީޤަތަކީ މިއީއެވެ. ސުވަރުގެ ވައްދަވާ މީހުންގެ އަދަދު ހާހަކުން މީހަކަށް މަދުވެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުކުރާ އަދަދު މިއަށްވުރެވެސް މާ މަދުވާނެތީއެވެ. ދުނިޔަވީ އެދުންތައް ކަރުގައި އަޅައިގެންނާ ކޮނޑު ޖަހައިގެން ދުވާ މީހުން ގިނަވާނެތީއެވެ! 

ވީމާ ކޮންމެ 1000 އަކުން ސުވަރުގެ ވައްދަވާ އެންމެ މީހާގެ ތެރޭގައި ތިމާ ހިމެނޭތޯ މަސައްކަތްކުރުން އޮތީ ހަމަ ތިމާއަށެވެ.! 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް