އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާޖަރާގޭ ލުޠްފީ ހައްޔަރުކޮށްފި! ރާއްޖެ ގެންނަން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިދަނީ ކުރަމުން!: ދިވެހި ފުލުހުން

ހާޖަރާގޭ ލުޠްފީ ހައްޔަރުކޮށްފި! ރާއްޖެ ގެންނަން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިދަނީ ކުރަމުން!: ދިވެހި ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުން ފިލއިގެން އުޅުނު ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ ހައްޔަރުކޮށްފައިވާ ކަމަށާއި ރާއްޖެ ގެނައުމަށް ކުރތަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. 

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިއުމުން ކަމަށާއި މިހާރު އޭނާ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެދަށުގައި ކަމަށެވެ. އަދި މިވަގުތު ލުޠްފީ ހުރީ ކޮލޮމްބޯގައި ކަމަށާއި އޭނާ ބަލަހައްޓަމުން ގެންދަނީ ދިވެހި ފުލުހުން ކަމަށްވެސް ބުނެފައިވެއެވެ. 

ލުޠްފީއަކީ ހޯދަން ބޭނުންވެގެން ރާއްޖެއިން އެދުމުން އިންޓަރޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ މީހެކެވެ. ލުޠްފީ ފިލީ ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލަންކާއަށް ފޮނުވުމުން 2010 ވަނައަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ވީމާ އޭނާ ވަނީ ފިލައިގެން 9 އަހަރު ލަންކާގައި ހޭދަކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް