އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމިކް ޔުނިވަރސިޓީއާ ގައުމީ ޔުނިވަރސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ދެ މުއައްސަސާ: އިސްލާމިކް މިނިސްޓަރ

އިސްލާމިކް ޔުނިވަރސިޓީއާ ގައުމީ ޔުނިވަރސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ދެ މުއައްސަސާ: އިސްލާމިކް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އިސްލާމިކް ޔުނިވަރސިޓީ އާއި ގައުމީ ޔުނިވަރސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދޭ މުހިއްމު ދެ މުއައްސަސާ ކަމަށާއި މި ދެ ޔުނިވާސިޓީ ތަފާތު ވަކި ދެ ޔުނިވާސިޓީއެއްގެ ގޮތުގައި ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.  

ޑރ. ޒާހިރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއި ބައެއް މެންބަރުން އިސްލާމީ ޔުނިވަރސިޓީ އުވާލައި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންމުމުގެ މުހިންމުކަން ހާމަކުރުމުން އެކަމާއި ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.  

މިކަމާއި ގުޅިގެން ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެފައި ވެއެވެ "މަޖިލިސް އާއި ސަރުކާރަކީ 2 ތަނެއް... މަޖިލިސް އިން ނިންމީމައި، ސަރުކާރުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ، އެކަމެއް ތަންފީޒުކުރުން ނޫނީ... ދެން، މަޖިލިސްގައި އެބިލް ބަލައިގަންނަން ވޯޓު ދެއްވީވެސް ސަރުކާރު މެމްބަރުން... އެހެންވީމާ، މިކަންކަން ކޮޅެއްގައި ޖެހެން އެބަ ޖެހޭ ނޫންތޯ؟"  

މަޖިލީހޖުގައި މެންބަރުން އެގޮތަށް މިއަދު ވާހަކަ ދެއްކުމުން ރައްޔިުތުންގެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅޚުކުރަމުންނެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ވަނީ ޢަރަބިއްޔާ އުވާލައި އެތަނުގައި ތިބި ދަރިވަރުން އެހެން ސްކޫލްތަކަށް ބަހާލަންވެސް މަސައްކަތްކޮށްފައެވެ. އެކަން އެއިރު ނުކުރެވުނީ ރައްޔިތުންގެ ގިނަ ބައަކު މަގުތަކަށް ނުކުމެ އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރުމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް