އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، ޖޫން ފަންސަވީސް އަދި ސައްބީސް ވަނަ ދުވަހު، އައްޑޫ ސިޓީގަ! ވަރަށް ފުރިހަމަވާނެ!

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، ޖޫން ފަންސަވީސް އަދި ސައްބީސް ވަނަ ދުވަހު، އައްޑޫ ސިޓީގަ! ވަރަށް ފުރިހަމަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 10 ސިކުންތު

25 އަދި 26 ޖޫން ވާ އަންގާރަ އާއި ބުދަ ދުވަހު އުރީދޫ ކަލަރ ރަން އައްޑޫ 2019ގެ އެކްސްޕޯ ބޭއްވިގެންދާނެއެވެ. މިއަހަރު އައްޑޫގައި ބޭއްވޭ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް، ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަސް ބޭއްވިގެންދާނީ 25 ޖޫން ވާ އަންގާރަ ދުވަހު، އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި، މެންދުރު 2.00 ން ހަވީރު 6.00ގެ ނިޔަލަށް އަދި ރޭގަނޑު 8.00 ން 10.00 އަށެވެ. 

އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ 26 ޖޫން ވާ ބުދަ ދުވަހު، ސ. ހިތަދޫ ޔޫތް ސެންޓަރުގައި ހެނދުނު 10.00 އިން  ހަވީރު 6.00ގެ ނިޔަލަށް އަދި ރޭގަނޑު 8.00 ން 10.00 އަށެވެ. 

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެއެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. އުރީދޫ ކަލަރ ރަން އައްޑޫ ބޭއްވިގެންދާނީ ކުރިއަށްއޮތް ހުކުރު ދުވަސްކަމަށްވާ 28 ޖޫން ގެ ހަވީރު 4.00 ން 6.00 ކަށެވެ. 

އުރީދޫގެ މަޤްބޫލު ދުވުމުގެ އިތުރުން، ޖޫން 28 ވަނަ ދުވަހުގެ ހެންދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަށް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

ހަމައެހެންމެ، އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަސް ކަމަށްވާ 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ. ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ.

ކަލަރ ރަން އައްޑޫ 28 ޖޫން 2019 ގައި އައްޑޫގައި ބޭއްވިގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު އެވެ. މީގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، އައްޑޫ ސިޓީ ކައުންސިލް،ކަލަރ ރަންގެ އިވެންޓް އޯގަނައިޒަރ ކަމަށްވާ ޔުނިކްސް ސްޕޯޓިންގް، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން، އީކުއޭޓާރ ވިލޭޖް، އައްޑޫ މެޑިސިޓީ، އެޗް.ކޭ ރެންޓަލްސް، ނޯޓް ކޮސްމެޓިކްސް، އީހަބް، ބުރުޒު ކޭޓަރިންގް، ވެމްކޯ އައްޑޫ އަދި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އަދި އައްޑޫ ލައިވް ހިމެނެއެވެ.

އުރީދޫ ކަލަރ ރަންގެ އިތުރުން، ކައިޓް ފެސްޓިވަލް އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިވައިފާ ޓްވިޓްސާފު އައްޑޫގައި ބައިވެރިވުމަށް އައްޑޫގެ އެންމެހާ ރައްޔިތުންނަށް، އުރީދޫ އިން ދައުވަތު އަރުވައެވެ.

އުރީދޫ ކަލަރ ރަން އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައި ބޭއްވިގެންދާ ފޯރިގަދަ ހަރަކާތްތަކާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް www.ooredoo.mv  އަދި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލައްވާށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް