އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޞީބާތް ކުރިމަތިވުމުން ލިބޭ 5 ފައިދާއެއް!

މުޞީބާތް ކުރިމަތިވުމުން ލިބޭ 5 ފައިދާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ރަނަކީ އެންމެން އެންމެ ބޮޑަށް ބޭނުންވާ އެކައްޗެވެ! އެންމެ އަގުބޮޑު އެކައްޗެކެވެ. ނަމަވެސް ރަން ރަނަށްވަނީ  އިންތިހާއަށް ގަދަ ހޫނުގައި ހޫނުކޮށްގެންނެވެ. ރަނަކީ ރަންކަމަށްވެ އަގު އަރައިގެންދަނީ ހޫނުކޮށް ރަނަށް ހެދުމުންނެވެ. 

މީސްތަކުންނަށް ކުރިމަތި ކުރައްވަވާ މުޞީބާތްތަކަކީ ވެސް ހަމަ މިފަދައިން ހިނގާ ކަމެކެވެ. މުޞީބާތުގައި ކެތްތެރިވެ ފާސްވެއްޖެ ނަމަ އެމީހާގެ އީމާންތެރިކަން އެތައް ގުނައަކަށް ވަރުވެގެންދާނެއެވެ. 

މުޞީބާތަށް ކެތްތެރިވުމަކީ ހާދަ ގިނަ މާކްސްތަކެއް އެމީހަކަށް ލިބިގެންދާ ކަމެކެވެ. ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ. މުޞީބާތެއް ކުރިމަތި ނުކުރައްވަވާނަމަ މުޞީބާތަށް ކެތްތެރިވުމުގެ މާރކްސް އެމީހަކަށް ނުލިބޭނެއެވެ. އެކަމުގެ ސަބަބުން އެމީހެއްގެ ދަރަޖަ އުފުލިގެނެއްވެސް ނުދާނެއެވެ. 

ހަމަ އެއާއިއެކު ތިބާ ކުރިއަށް ގޮސްގޮސް ހުއްޓައި މަގު ބަންދުކުރައްވަވައިފާނެއެވެ. އެއިގެ މާނައަކީ އެއަށްވުރެ ރަނގަޅު މަގެއް، ތިބާއަށް މާ ފައިދާ ބޮޑު މަގެއް އޮންނާނެ ކަމެވެ. މަސައްކަތްކުރަންވީ އެ މަގު ހޯދުމަށެވެ.

ކުރަން އުޅޭ ކައިވެންޏެއް ކުރަން ހުރަސް އެޅިދާނެއެވެ. އެއީ ވެސް ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ. އެއިގެ މާނައަކީ އެބައިވެރިޔާ ކަމު ނުދަނީއެވެ. މާރަނގަޅު ބައިވެރިއަކު ދެއްވަވާނެ ކަމެވެ. 

އަހަރެމެންނަށް މުޞީބާތެއް ޖެހުމުން އެކަމުގައި ފޮރުވިގެންވާ ފައިދާ އަހަރެމެންނަށް ނުއެނގެނީއެވެ. އެކަންކަން އަހަރެމެންނަށް އެނގޭނަމަ އުފަލުން ފޮޅޭވަރުވާނެއެވެ. އަބަދު ހުންނާނީ ހިނިތުންވެފައެވެ. ވީމާ މުޞީބާތެއް ކުރިމަތިވާއިރަށް އެއީ ބޮޑު ތަކްލީފެއް ކަމަށް ނުވިސްނާށެވެ! އެކަމުން ލިބޭ ތަކްލީފަށްވުރެ ފޮރުވިފައިވާ ނިޢްމަތް މާމަތިވެރިކަން ޔަޤީންކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް