އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދުން ނަމާދުކުރަން ފަށައިފިނަ އެމީހެއްގެ ވަށައިގެން އެތައް ބައިވަރު ދޮރުތަކެއް ހުޅުވިގެންދާނެ!: މުފްތީ މެންކް

ޤަވާއިދުން ނަމާދުކުރަން ފަށައިފިނަ އެމީހެއްގެ ވަށައިގެން އެތައް ބައިވަރު ދޮރުތަކެއް ހުޅުވިގެންދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ބައެއް މީހުން ވަރަށް ގިނަ ކަންކަމުގައި އަބަދުވެސް ގެންދަނީ ﷲ ތައާލާއަށް ދަންނަވަމުންނެވެ. ވަރަށް ގިނަ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާވެސް ކުރެއެވެ. ނަމަވެސް އެއިގެ ތެރެއިން ޤަވާއިދުން ނަމާދުކުރަނީ މަދުމީހެކެވެ! 

ނިކަން އަޖުމަ ބަލައިލަންވެސް ޤަވާއިދުން ފަރުޟު 5 ނަމާދު އަދާކުރަން ނިކަން ފަށައިބަލާށެވެ! ކޮންމެ ނަމާދެއްގެ ބަންގީގެ އަޑާއިއެކު މިސްކިތުގައި ހުރެބަލާށެވެ! ފަރުޟު ނަމާދާއިއެކު ކުރަން ހުރި ރަވާތިބު ސުންނަތްތައް ވެސް ކުރުމުގައި ސާބިތުވެބަލާށެވެ! ގިނަވެގެން 2 މަސް ދުވަސްވާއިރު ހަޔާތުން ބޮޑެތި ބަދަލުތައް ފެންނާނެއެވެ! ނުފުދިފައި ހުރި ގިނަކަންތައްތައް ފުދިގެންދާތަން ފެންނާނެއެވެ. 

އެހެނީ ނަމާދު ކުރުމުގައި ސާބިތުވުމަކީ އެމީހެއްގެ ވަށައިގެން ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާ ކަމެކެވެ. ނަމާދުކުރުމުގައި އިޚްލާޞްތެރިވީ މިންވަރަކުން ގިނަ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. 

ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވުމަށްޓަކައި ދެން އެންމެ މުހިންމު އެއްކަމަކީ ތިމާއަށް ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމެވެ. އެކަން މާދަމާއަށް މަޑު ނުކުރާށެވެ! މިއަދު އެކަން ކުރާށެވެ! އިޚްލާޞްތެރިވުމަކީ އެއީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް ބޭނުންވެގެން މިއުޅެނީ އަހަރެމެންނެވެ. ވީމާ ފުރަތަމަވެސް ދައްކައިދޭން ޖެހޭނީ އަހަރެމެންގެ އިޚްލާޞްތެރިކަމެވެ. 

އެގޮތުން ކުރަން މިޖެހެނީ ދެކަމެކެވެ. އެއީ ބަރާބަރަށް ނަމާދުތައް ކުރުމާއި ފާފަ ނުކުރުމެވެ. މިދެބައި ފުރިހަމަކޮށްފި މީހަކަށް އެހެން ހެޔޮ އަމަލުތައް ދާނީ އޮޓޮމެޓިކުން ކުރެވެމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް